ދިވެހިންނަކީ ޒަމާނުއްސުރެ މީރު ވަސް ދުވާ ސެންޓު ޖެހުމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ޤައުމެކެވެ. އޯކިޑް މަގުގައި ހުންނަ އޮންވީ ފިހާރައިން މިވަނީ ދިވެހިންނަށް ކަމުދާ، ރާއްޖެ ފަދަ ހޫނު ޤައުމަކަށް އެކަށީގެންވާ ގިނަ ވަގުތު މީރު ވަސް ހިފަހައްޓާ އަދި ކޮންމެ ދިވެއްސަކަށްވެސް ގަނެވޭނެ އަގެއްގެ ސެންޓެއް ގެންސްދީފައެވެ.

މުޅި ރައްޖެއަށް އަލަށް ތަޢާރަފުކުރާ 'މަރިޔާޖު' ބްރޭންޑްގެ ސެންޓަކީ އޭޝިޔާ ސަރަޙައްދުގައާއި މެދު އިރުމަތީގެ ހޫނު ގަދަ ޤައުމުތަކުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ސެންޓެކެވެ.

އަލްޙާ ޢީދަށް ދިވެހިންނަށް ދޭ ހަދިޔާއެއްގެ ގޮތުން އޮންވީ ފިހާރައިން ވިއްކާ ސެންޓްތަކުން ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. އާއިލާގެ މީހުންނާއި ރައްޓެހިންގެ މެދުގައި ޢީދު ހަދިޔާ ބަދަލުކުރުމަށް ލިބޭ މިރަނުގެ ފުރުޞަތު ދެމިގެންދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި 'މަރިޔާޖު' ބްރޭންޑްގެ ސެންޓުންނާއި ޑިޒައިނަރ ބްރޭންޑްގެ ސެންޓާއި ޕަރފިއުމް އޮއިލް އިން %15 (ފަނަރަ ޕަސަންޓް) އާއި ހަމައަށް ޑިސްކައުންޓް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮމޯޝަންގައި 'މަރިޔާޖު' ބްރޭންޑްގެ 02 ސެންޓު ފުޅި ގަތުމުން ޗާލު ޕާރސްއެއް ޢީދު ހަދިޔާއަކަށް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން ގޭގައި ތިއްބަވާގެން ވިޔަފާރު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އޮންވީ ފިހާރައިން މިވަނީ މުޅިން އައު ކޮންސެޕްޓަކަށް ޑެލިވަރީގެ ޚިދުމަތް ދޭން ފައްޓާފައެވެ. މި ޑެލިވަރީ ޚިދުމަތުގައި 'މަރިޔާޖު' ބްރޭންޑްގެ ސެންޓުގެ ސާމްޕަލް ކަސްޓަމަރުންނާއި ހިސާބަށް ގެންގޮސް ވަސް ދެއްކުމަށްފަހު އެ ކަސްޓަމަރަކު ބޭނުން ސެންޓެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޑެލިވަރީގެ ޚިދުމަތް 7375959 އަށް ގުޅުއްވުމުން ލިބޭނެއެވެ.

އޮންވީ ފިހާރައިން ލިބޭ އެހެނިހެން ތަކެތީގެ ތެރޭގައި ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދީ، 'އިމްޕޯޓެންސް' އަށް ފަރުވާ ލިބޭ އޯގަނިކް މާމުއި، އޯގަނިކް ފެޓް ބާނަރ، ޕްރޮސްޓްރޭޓް ކެއަރ ސަޕްލިމެންޓް، ކަޅު ދިރި މާމުޔާއި ކަޅު ދިރި ތެލާއި ކަޅު ދިރި، މޮރިންގާ ޕައުޑަރާއި ތެލާއި އަދި ކެޕްސޫލް، އަޝްވަގަންޑާ ކެޕްސޫލް، ބާރލޭ ގްރާސް ކެޕްސޫލް، ވީޓް ގްރާސް ކެޕްސޫލް، ޕިޔޯ ޓީ ޓްރީ އޮއިލް، އާތްރައިޓްސް ތަދު ކަނޑުވާ ކްރީމް، ބޮލުން އިސްތަށި ފޭބުން ކޮންޓްރޯލްކޮށްދޭ ތެލާއި ޕޮމޭޑާއި ކަޅު ދިރި އާއި ހީނާ ފަތް ހިމެނޭ ޝޭމްޕޫ، ހާބަލް ދަތް އުނގުޅާ ބޭސް، ކުޑަކުދިންނަށް ހާއްސަ މަލްޓިވިޓަމިންސް، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކަށްޓަށާއި ދަތަށް ބޭނުންވާ ކެލިސިއަމް، މީގެ އިތުރުންވެސް އެތައް ވެލްނަސް ޕްރޮޑަކްޓެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާ މީހާ

    ތި ސެންޓު ތިޔާ ސައުދީ އަރަބިޔާއިން ވަރަށް ލިބޭ އެެއްޗެއް. މަގޭ ފުރެންޑަކަށް ވެސް ތިޔާ ލިބޭ ވަރަށް ހައްޖު އުމްރާ ހަދިޔާއަށް. އޭނަ ކީ ވަސް މީރޭ ގިނަ އިރު ހުރޭ.