ސޮއްޓިބިޒް އިން ރަތް ކޮތަޅު ބޮޑިއެއްގެ އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ރަތް ކޮތަޅަކީ ތަފާތު ބޭނުންތަކަށް ބޭނުން ކުރެވޭ ކޮތަޅެކެވެ. އެގޮތުން، ބާޒާރު ކުރުމަށްފަހު ތަކެތި އެޅުމަށާއި ރައްކާތެރިކަމާއެކު ކުނި އުކާލަން ވެސް މި ކޮތަޅު ބޭނުން ކުރެވޭނެ އެވެ.

ސޮއްޓިބިޒް އިން ލިބެން ހުންނާނީ ރަތް ކޮތަޅުގެ އެންމެ ބޮޑު ސައިޒެވެ. މިއީ ކޮލިޓީ ރަނގަޅު ކޮތަޅުތެކެވެ.

އެ ފިހާރައިން މި ކޮތަޅު ބޮޑިއެއް ލިބޭނީ 118ރ އަށެވެ. ކޮތަޅު ބޮޑިއެއްގައި 100 ކޮތަޅު ހުންނާނެ އެވެ.

އެ ފިހާރައިން މި ކޮތަޅު ގަންނަން ބޭނުންވާ ފަރާތްތަކަށް ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7449955އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެއެވެ.

ސޮއްޓިބިޒް މެދުވެރިކޮށް މި ކޮތަޅުތައް ރަށްރަށުގައި ވިއްކުމަށް އެޖެންޓުންނަށް ވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން، 7750004އަށް ގުޅައިގެން އޭޖެންޓަކަށްވުމާ ގުޅޭ މައުލޫމާތު ސާފުކޮށްލެވޭނެއެވެ.

ސޮއްޓިބިޒް އިން އަންނަނީ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ވިއްކަމުންނެވެ. މީގެ ތެރޭގައި ފޯނާއި އިލެކްޓްރޯނިކްސް އާއި ބަދިގެއާއި ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ.