ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހުޅުމާލޭގެ ހަނދުވަރީ ހިނގުން 2ގައި ހުންނަ ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއަށް ކޮފީއަކަށް ދިޔައީމެވެ. ރެސްޓޯރެންޓަށް ވަންނަން ދިޔައިރު، ފެނިގެން ދިޔައީ 150 މީޓަރުން ދިވެއްސަކު ވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޑިޒައިނެކެވެ. އެތެރެއަށް ވަދެލީމެވެ. ހިތްގައިމު ރެސްޓޯރެންޓެކެވެ. ޒުވާނުންވެސް އެތަނުގައި ގިނަކަން ފާހަގަކުރެވުނެވެ.

ޕްލެޓިނަމް ކައިރި ހުންނަ މި ރެސްޓޯރެންޓްގައި އެވަގުތު ފާހަގަކުރަން ތައްޔާރުވަމުން ދިޔައީ މީހެއްގެ އުފަން ދުވަހެވެ. އެފަދަ ކަންކަން ކަމަށް ދޫކުރާ ކަރޯކޭ ރޫމް ހުރީ ޒީނަތްތެރިކޮށްފައެވެ. ތަފާތު ވައްތަރުގެ ކޭކަކާއި، ޕިއްޒާ އާއި އެނޫންވެސް އެއްޗެހި އަތުރާފައި ހުއްޓެވެ. އެތަނުގައި ޖުމްލަ 10 މީހުންނަށް އެއްފަހަރާ ތިބެވޭއިރު ފަސޭހައިން އިށީންދެލައިގެން ތިބެވޭ ސޯފާއެއް ޖަހާފައި ވެއެވެ. އަދި ކަރޯކޭއަށް ހާއްސަކޮށް ބޮޑު ޓީވީއެއް ހުއްޓެވެ.

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ

އެ ރެސްޓޯރެންޓުން ބުނީ، ކަރޯކެ ރޫމް ކުއްޔަށް ދޫކުރަނީ ކަސްޓަމަރަަކަށް ބޭނުންވާ ވަގުތަކަށް ކަމަށެވެ. އަދި އެތަނުގައި މީގެ ކުރިންވެސް އުފަން ދުވަހާއި އެނިވާސަރީ އާއި އޮފީސް ގެޓް ޓުގެދާ ކަހަލަ އެއްޗެއްސާއި، ރައްޓެހިން އެކުވެ ތަފާތު ހަރަކާތްތައް އެތަނުގައި ކުރިއަށް ދިޔަ ކަމަށް ބުނެފައި ވެއެވެ.

އަދި މިހާރު ތިން މަސް ދުވަހަށް ކުރިއަށްގެންދާ ހާއްސަ އޮފަރއެއްގެ ދަށުން އެންމެ 600 ރުފިޔާ ދެެއްކުމަށްފަހު، ރީތި، އަދި އެހާމެ މީރު ކޭކާއެކު އެއް ގަޑިއިރަށް ކަރޯކޭ ރޫމް ޕްރައިވެޓްކޮށް ލިބޭނެއެވެ. އެހެންކަމުން އުފަން ދުވަސް ނޫނީ އެނިވާސަރީ އެތަނުގައި ފާހަގަކުރެވޭނެ ކަމަށް ރެސްޓޯރެންޓުން ބުންޏެވެ.

އެތަނަށް ހާއްސަކޮށް ކޭކު ތައްޔާރު ކުރާނީ މިހާރު މުޅި ރާއްޖެއަށްވެސް މަޝްހޫރު ވެފައިވާ މާޝާސް ކޭކް އެންޑް ޓޭސްޓް އިންނެވެ. ކަސްޓަމަރު ބޭނުންވާ ގޮތަށް ބޭނުންވާ ޑިޒައިނަކަށް ބޭނުންވާ އަގަކަށް މީރު އަދި އެހާމެ ފުރިހަމަ ކޭކެއް މާޝާސް ކޭކް އެންޑް ޓޭސްޓްއިން އަޅައިދޭނެއެވެ.

މާޝާސް ކޭކް އެންޑް ޓޭސްޓްގެ ކޭކެއް

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒުވާނުންގެ މަގްބޫލުކަން ހޯދި ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއަކީ ތަފާތު ހާއްސަ އެތައް ކެެއުންތައް ލިބޭ ރެސްޓޯރެންޓެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި މެކްސިކަން ބާގާ، އިޓަލިއަން ސަބްމެރިން، ވަޅޯމަސް ސޭންޑްވީޗް، ޕިއްޒާ، ކްރޭޒީ ސޭންޑްވިޗް ހިމެނެއެވެ.

އަދި ހަވީރު ސައިގަޑިއަށް، ބޮޑުގުޅަ އާއި ބޮޑު މަސްރޮއްޓަކީ، މިއީ ހަމަ އެންމެ ގިނަ ބަޔަކަށް ކަމުދާ އެއްޗެއްސެވެ. މީގެ އިތުރުން، މާޝާ ކޭކް އެންޑް ޓެސްޓު ސިގްނޭޗަރ ކޭކު، "ކަނަމަދު ކެރަމަލް ޕުޑިންގ" ކޭކުވެސް ވޮޑަމުއްލާއިން ލިބޭނެއެެވެ.

މި ރެސްޓޯރެންޓާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށާއި، އަދި ކަރޯކޭ ރޫމް ބުކް ކުރުމަށް ގުޅާނީ 7651313 އަށެވެ. މި ރެސްޓޯރެންޓްގެ ކަރޯކޭ ރޫމަކީ ގިނަބަޔަކު ބުކް ކުރާ ތަނެއްްކަމުން، ރެސްޓޯރެންޓުން އެދެނީ އެންމެ ފަހު ވަގުތާއި ޖެހެން ދެން ތިބެ އަވަހަށް ބުކް ކުރަމުން ގެންދިއުމަށެވެ.