އެއާ އިންޑިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އެއާ އިންޑިއާގެ ދަތުރުތައް ދާދި ފަހުން ފެށީ ކޮވިޑް-19 އާ ގުޅިގެން އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އިން ލުއި ދިނުމާ ގުޅިގެންނެވެ. މި ލުއިތައް ދިނުމާ ގުޅިގެން އެއާ އިންޑިއާ އިން ހަފްތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހާއި، ބުދަ ދުވަހު އެއާ އިންޑިއާގެ ފްލައިޓެއް ވެރިރަށް ދިއްލީން މާލެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު، އެއާ އިންޑިއާގެ ފްލައިޓެއް ކެރަލާ އިން މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަކީ މިފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ.

އެއާ އިންޑިއާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ގޯ އެއާ އާއި ސްޕައިސް ޖެޓާއި އިންޑިގޯއެވެ.

ކޮވިޑް-19 ގެ ކުރިން އެއާ އިންޑިއާއިން ވަނީ، ޓްރިވެންޑްރަމާއި ރާއްޖެއާއި ދެމެދު ކޮންމެ ހަފްތާއަކު ހަތް ފްލައިޓް އަދި ބެންގަލޫރާއި ދެމެދު ހަ ފްލައިޓް ބާއްވާފައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއި އެ އެއާލައިންގެ ދަތުރުތައް ހުއްޓާލިއެވެ. އެކަމަކު އޭގެ ފަހުން ވެސް އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެ އަށް ބޭއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީމް

    ކިހާބޮޑު ވެލާއެއްމީ. ޢިންޑިއާއަށް ދިވެއްސަކު ދާންވެއްޖިއްޔާ ނުލާހިކު އަހުވަ ދައްކާއެބަ. ވިސާއެއް ފަސޭހައިން ލިބެނީކީނޫން . އެވެސް އުޅެއުޅެ ލިބެނީވެސް ބޭހަށް އެކަނި. އިންޑިއާމީހުންނަށް މިތަރަނަށް އާދެވޭ ގެއިން ބަދިގެއަށް ދާހެން. ޓޫރިސްޓުންނޭ ކިޔާފަވެސް ހަބޭސް. ދިވެހިންނަކަށް ޓުރިސްޓު ވިސާގަ އަދިވެސް އިންޑިއާއަކަށް ނުދެވޭ..

  2. އިބްރާހިމް

    ރ.ޔާމީންގެ ވެރިކަމެއްނަމަ އެއްވެސް ދައްޗެއްނެތިި އިންޑިއާއަށް ދެވުނީސް