މާލޭގައި ކެރޮޓް ވިއްކާ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

މާލޭގެ ބައެއް ފިހާރަތަކުން ކެރޮޓް ހުސްވެފައިވާއިރު، މިވަގުތު ކެރޮޓް ހުރީ ހަމައެކަނި އެތަކެތި ރާއްޖެއަށް އެތެރެ ކުރަމުން އަންނަ މަދީހާ ކުންފުނީގެ ފިހާރަތަކުގައެވެ.

މީގެ ކުރިން ކެރޮޓް ކިލޯއެއް 18 ރުފިޔާއާއި 25 ރުފިޔާގެ ދެމެދުގެ އަގެއްގައި ވިއްކަމުން އައި ނަމަވެސް، މިހާރު ކޮރޮޓް ކިލޯއެއްގެ އަގު ވަނީ 130 ރުފިޔާއަށް އުފުލިފައި ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

މަދީހާ ކުންފުނީގެ ރީޓެއިލް ފިހާރައިން ބުނެފައިވަނީ ކެރޮޓް ކިލޯއެއް 130 ރުފިޔާއަށް ވިއްކަން ފަށާފައިވަނީ ކެރޮޓް ނެތުމުން ކަމަށެވެ. އަދި މިވަގުތު ރީޓެއިލްކޮށް ވިއްކާއިރު، ހޯލްސޭލް ކޮށް ވިއްކުން މިވަގުތު މަޑު ޖައްސާލާފައިވާ ކަމަށް ވެސް ފިހާރައި ވަނީ ބުނެފައެވެ.

ވިޔަފާރި ކުރުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ މީހަކު "ވަގުތު" އަށް ބުނީ، މަދީހާ ކުންފުނީގެ ފިހާރަތަކުގައި ކެރޮޓްގެ ސްޓޮކް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެ ފިހާރަ ހިންގާ ފަރާތްތަކުން ބޭނުންވަނީ އެހެން ތަނެއްގައި ކެރޮޓް ނެތުމުން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް އެކަން ގެންނަން ކަމަށެވެ.

"އެމީހުން އެތަކެތި އިމްޕޯޓް ވެސް ކުރަނީ. 130 ރުފިޔާއަށް ކިލޯ އެއް ވިއްކީމަ ފައިދާ ވާނެ ވަރު ވިސްނާލާ. ވިޔަފާރިވެރިން ފައިދާ ނެގުމަށް އެއީ ދެން ވަރަށް ބޮޑު ވަރު" އޭނާ ބުންޏެވެ.

މާލޭގައި މިފަދަ އެއްޗެހި ވިއްކާ ފިހާރަތަކުގައި މިހާރު ކެރޮޓެއް ނެތެވެ. ބައެއް ފިހާރަތަކުން ކެރޮޓް ވިއްކަމުން ދަނީ އަގުބޮޑުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންތިމަރީ

    ތިކަން ބެލޭނެ ލޮލެއް މި ސަރުކާރުގައި ނެތް. ބޮޑުން ތިބޭނީ ކެރެޓް ކައިގެން ބަނޑުފުރައިގެން. ނިކަމެތި ރައްޔިތުމީހާ ހުންނާނީ ގޮތް ހުސްވެފައި، ފިހާރަތަކުގެ މީހުން ހަދަނީ ހަދާނެ އެއްޗެއް. ތަކެތީގެ އަގު ހުރީ އިންތިހާއަށް އުފުލިފައި. ހެޔޮނުވާނެ މިހެން ހަދަން.

    1
    1
  2. އަލިބެއްޔާ

    ދައުލަތު ލާރި ދިޔާ އެއްޗިއްސައް ހަދައި އުފުލާ ވެރިންނަށް ހަލާކުހުރި.. ރައްޔިތުން ނިކަމެތި ޙާލަށް ދޫކޮށް ބައިތުލްމާލު ލޫޓުވުމުގަ އަވަދިނެތި އުޅޭ ވެރިންގެ ނުބައިކަމާއެވެ.