ރާއްޖެއަށް އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ލަފާކުރެއްވި ނަމަވެސް، އެ އަދަދަށް އަރާފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޑރ. މައުސޫމް އިއްޔެ ވިދާޅުވީ، އުއްމީދު ކުރަނީ މިއަަދު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ފަތުރުވެރިންގެ އަދަދުތަކާއެކު، މިިއަހަރުގެ ތެރޭގައި އެއް ދުވަހެއްގައި މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުގެ ރެކޯޑް މުގުރާނެ ކަމަށެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 5516 ފަތުރުވެރިން އައިސްފައި ވެއެވެ.

މިނިސްޓަރ ވަނީ އިއްޔެ އެ ރެކޯޑް މުގުރާނެ ކަމަށް އުއްމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިއަދު ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެ އައިސްފައި ވަނީ، 5424 ފަތުރުވެރިންނެވެ. އެހެންކަމުން މިނިސްޓަރ ލަފާކުރެއްވި އަދަދަށް އިއްޔެ ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓަރ ލަފާކުރެއްވި އަދަދަށް ފަތުރުވެރިން އިއްޔެ އައިސްފައިނުވާއިރު، މިފަދަ ކޮވިޑް-19ގެ ހާލަތުގައި މިއީ ވުން ގާތް ކަންކަމެވެ. އެއީ ފަތުރުވެރިޔާ ފުރަން އޮއްވާ ކޮވިޑަށް ފައްސިވުން ފަދަ ކަންކަން މެދުވެރިވެގެން ބުކިންގ ކެންސަލް ކުރަން ޖެހުމަކީ ވުން ގާތް ކަންކަމެވެ.

މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ ވަރު ވަނީ އިތުރުވެފައެވެ. މިދިިޔަ ޖުލައި މަހު ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުުރުވެރިންގެ އަދަދު 617،791 އަށް އަރައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    މިއީ ފޮނި ބުރުއްސާ މީހެއް ހުސް ހޮޅި ވާހަކަ އައްޑު އަށް ގޮސް ބުނީ އައްޑޫ ރައްޔިތުންގ ޖީބަށް ޕައުންޑޯ ވަށްދާނީ މިިނިސްޓަރ ކަމާއި ހަވާލު ވެފައި ބުނި ފަތުރު ވެރިކަމުގެ ރަންޒަމާން ދައްކާލާނަމޯ ބަލަ މައުސޫމު ކެލާ ސީދި ބޭ ވެސް ތިޔަ ވަރަށް ފޮންޏެއް ނުކަނޑާ އޭނާ ފޮނި ކަނޑަނީ އަންހެން ކުދިން ގާތުގައި ރައީސް މައުމޫން ދައުރުގައި ވެސް މައުސޫމަށް މިނިސްޓަރ ކަން ލިބި ނުހިންގިގެން ފައިލް ވީ ވަކިކުރީ
    އޭރު ނުދެއްކުނު ރަންޒަމާނެއް މިހާރު ދެއްކޭނެތަ ނޫނޭވާ މަގާމުގައި ދެމި ހުންނަން ވެސް ތިޔަ ވަރަށް ފޮނި ނުކަނޑާ މިހާރު އަންނަ ގިނަ މީހުންނަކީ އިންޑިޔާއިން އެހެން ގައުމުތަކަށް ހިޖުރަ ކުރާށާ ވަޒީފާގެ ބޭނުމުގައި ދާ މީހުން ކޮވިޑް ކަރަންޓީނަށް ރާއްޖެ އަންނަނީ ދޮން ފަރަންޖީން ނާދޭ އެވަރަކަށް ...

    7
    1
  2. ރާއްޖެ

    ފަތުރުވެރިންތޯ ނޫނީ އިންޑިއާގެ ކަރަންޓީނު ފަތުރުވެރިންތޯ؟

  3. ގެރި

    ވަރަށް އުފާވެއްޖެ.. ސަރުކާރުގެ ނާގާބިލުކަން ހާމަވެ ފަލީހަތް ވަނީ

  4. ކަންގަނާ

    މިނިސްޓަރުގެ ބޮލަށްވުރެ ހުވަފެން ބޮޑީ އުތަ؟!

  5. އަލީ

    މި ސަރުކާރު އިސް މަގާމުތަކުގަ ނެތީތަ ދިޔަ ޖެހޭ ހަމަ އެކަތިވެސް؟؟؟؟.. ދެން އެހެންދެއްތޯ ވާނީވެސް މިކަހަލަ ވެރިކަމެއްގަ!!!