ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ތަންތަނުގެ ލިސްޓަށް ރ.އަތޮޅު ވިލިނގިއްޔާ ގއ.ހުޅިމެންދޫ އަދި އެ އަތޮޅު އޮޑަގައްލާ އިތުރުކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓަށް ޓްއަރިޒަމް މިނިސްޓްރީ އިން މިތިން ރަށް އިތުރު ކުރީ އިއްޔެ ކުރި އިއުލާނެއްގައެވެ.

ޓްއަރިޒަމް މިނިސްޓްރީ އިން ކުރި އިއުލާން ގައި ތިން ރަށުގެ އަންދާޒާ ކުރެވޭ ބޮޑު މިނާއި އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓް ހިމަނާފައި ވެއެވެ.

ރ.ވިލިނގިއްޔަކީ 3.60 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2،070،000 ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިއުލާނުގައި ވެއެވެ.

ގއ.ހުޅިމެންދޫގެ ބޮޑުމިނުގައި 5.20 ހެކްޓަރު ހުންނާނެ ކަމަށް ލަފާކުރެވޭ އިރު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 650،000 ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. 0.77 ހެކްޓަރު ހުންނަ އޮޑަގައްލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 96،250 ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ޓްއަރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވިދާޅުވީ އެ އަދަދުތަކަކަކީ އެ މިނިސްޓްރީގެ މިހާރު ފެންނަން ހުރި ރެކޯޑުތަކުން ހާމަވާން ހުރި އަދަދުތަކެކެވެ. ނަމަވެސް އަސްލު އެކިއުޒިޝަން ކޮސްޓު ކަށަވަރު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ގަބޫލު ކުރާ ފެންވަރުގެ ސާވެއާރ އެއް އެތަނެއްގެ ބޮޑުމިނާއި ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރު ކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރާއްޖެ ދުވަހަކުވެސް ދެކިފައިނުވަފަދަ ތަރައްޤީ މިއަދުގެ ސަރުކަރުން ގެނެސްދީ ، އާއުސްމިިންތަކަށް ރާއްޖެ ގެންދާއިރު މި ތަރައްޤިއާއި ކުރިއެރުން ހުއްޓުމެއްނެތި ކުރިޔަށްގެންދިޔުމަށް ރައީސްޔާމީނަށް ދެވަނަދައުރު ދިނުމަށް ދިވެހިރައްޔިތުން ތައްޔާރުތޯ؟ ޙަފްޞާ އާއި ޙަފްޞާގެ ޢާއިލާ ތައްޔާރު!

    • ނައްލަ

      މަށާ މަގޭ އައިލަވެސް ތައްޔާރު