ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތަޢާރަފްކޮށް ވިއްކަމުން އަންނަ، އަދި މިހާރު ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވަ "ޗޮކޯބްލާސްޓް" ބްރޭންޑުގެ ބިސްކަޓް ޕުޑިން ކ.ކާށިދޫ ތްރީ ސެވަން ފިހާރައިން ވިއްކަން ފަށައިފިއެވެ.

މީގެ ކުރިން "ޗޮކޯބްލާސްޓް" ވިއްކަމުން އައީ ހަމައެކަނި ހއ. ދިއްދޫގައި ނަމަވެސް މި ބްރޭންޑަށް އޮތް މަޤުބޫލުކަން ބޮޑުވެ ޑިމާންޑު އިތުރުވުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން "ޗޮކޯބްލާސްޓް" ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް "ލިބޭ" އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މާލެ ސަރަހައްދުންވެސް ޗޮކޯބްލާސް ލިބޭނެއެވެ.

"ޗޮކޯބްލާސްޓް" އަކީ ދިވެހިންނަށް އެންމެ ކަމުދާނެ ރަހަތަކަށް ބަލައިގެން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު ތަޢާރަފްކޮށްފައިވާ ބްރޭންޑެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މި ބްރޭންޑުގެ ބިސްކަޓްޕުޑިން ޢާންމުވެ މަޤުބޫލުވެގެން ދިޔައީވެސް މި ސަބަބަށްޓަކައެވެ. އަދި މި ޕުޑިންއަކީ ޔަޤީނުންވެސް "ހިތްރުއްސަން" ދެވަނައެއް ނެތް އުފެއްދުމެއް ކަމަށް "ޗޮކޯބްލާސްޓް" ގެ އަޖުމަ ބަލާފައިވާ ފަރާތްތަކުން ބުނަނީ މި ސަބަބަށްޓަކައެވެ.

"ލިބޭ" އިން އަންނަނީ "ޗޮކޯބްލާސްޓް" ގެ ތިން ސައިޒެއްގެ ތަށި ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް މާލެ އިން ގަންނަން ބޭނުންވާ ފަރާތްތަކަށް 9759452 އަށް ގުޅުމުން ލިބޭނެއެވެ. އަދި މިއުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ވެސް 9759452 އިން ލިބޭނެއެވެ. އަދި ބާރަށުން ޗޮކޯ ބްލާސްޓް ބޭނުންވާ ފަރާތްތަކުން 7935532 އަށް ގުޅުމުން ޑެލިވަރީ ކޮށްދޭނެއެވެ.