ދަރިފުޅުގެ އުފަންދުވަހަށް އަގުހެޔޮ ރީތި ބައިސްކަލެއް ގަންނަން ބޭނުންހެއްޔެވެ؟ ދަރިފުޅު ސްކޫލަށް ދާން ހެޔޮވަރުގެ ރީތި ބައިސްކަލެއް ބޭނުން ހެއްޔެވެ؟ ސްޓަންޓް ޖައްސަން ބެސްޓް ބައިސްކަލެއް ހޯދަން ބޭނުންހެއްޔެވެ؟ އެހެންކަމަށްވާނަމަ ހދ.ކުޅުދުއްފުށީގައި ހުންނަ ބެސްޓް ބަޑީ ޝޯރޫމަށް ދާށެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި އެއްގަމު އުޅަނދުގެ ގޮތުގައި ގިނަ މީހުން މިހާރުވެސް ބޭނުންކުރަނީ ބައިސްކަލެެވެ. އަދި ޚާއްޞަކޮށް ސްކޫލަށްދާ އުމުރުފުރާއިގެ ކުދިން ސްކޫލަށް ދާން ބޭނުންކުރަނީ ބައިސްކަލެވެ.
އެހެންނަމަވެސް ގަންނަން ބޭނުންވާ ޑިޒައިންތަކުގެ ރީތި ބައިސްކަލް ރާއްޖޭގެ މާކެޓުން ހެޔޮއަގުގައި ގިނަ ފަހަރަށް އޮންނަނީ ނުލިބިފައެވެ. އަދި ޚާއްޞަކޮށް ކުޑަކުދިންގެ ބައިސްކަލް އަގުތައް ހުންނަނީ އަތްފޯރާވަރަށްވުރެ އަގުބޮޑުކޮށެވެ. އެހެންނަމަވެސް މިހާރު އެކަމާ ހާސްވާކަށް ނުޖެހޭނެއެވެ. ތަފާތު ޑިޒައިންތަކުގެ އެކި އުމުރުފުރާގެ ދެ ޖިންސްގެ ކުދިންނަށް ބޭނުންވާ ތަފާތު ކުލަކުލައިގެ ބައިސްކަލް އަތްފޯރާފަށުގައި "ބެސްޓް ބަޑީ" އިން ލިބެންހުންނާނެއެވެ. ތުއްތު ކުދިންގެ ޓްރައިސިކަލްއާއި، ޓީން އޭޖް ކުދިން އެންމެ ގަޔާވާ މައުންޓެއިން ބައިސްކަލާއި، ސްޓަންޓް ޖައްސަން މަރުދޭ ކުދިންނަށް ބޭނުންވާ ސްޓަންޓް ބައިސްކަލް ހީވެސް ނުކުރާހާ ހެޔޮ އަގުގައި ބެސްޓް ބަޑީ ޝޯރޫމުން ލިބެން އެބަހުއްޓެވެ.
އަދި މީގެ އިތުރުން ސްކޫލަށްދާ އުމުރު ފުރައިގެ އަންހެން ކުދިން ގަޔާވާ ކުލަ ކުލައިގެ ސިޓީ ބައިސްކަލާއި، ދަރިފުޅު ފަހަތު ޝީޓްކޮށްގެން ދުއްވާލަން ފައްކާ ބައިސްކަލްް އަތްފޯރާފަށުގައި ބެސްޓް ބަޑީ ޝޫރުމުން ލިބެން ހުރެއެވެ. އަދި މިވަރުން ނިމުނީއެއް ނޫނެއެވެ. އިސްރަށްވެހިންނަށް ޚާއްޞަ 3 ފުރޮޅުލީ ބައިސްކަލްވެސް ބެސްޓް ބަޑީގައި އެބަހުއްޓެވެ.
ބެސްޓްބަޑީ ޝޯރޫމު ހުންނަނީ ކުޅުދުއްފުށީގައި ކަމުގައިވިޔަސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކަސްޓަމަރަކަށްވެސް ބައިސްކަލް ގަނެވޭނެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދެއެވެ. މިގޮތުން ހއ.ހދ.ށ އަތޮޅުގެ ރަށްރަށަށް ފެރީ ނިޒާމުގެ ތެރެއިން ފުރީ ޑެލިވަރީކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭއިރު، އެނޫން އަތޮޅުތަކުގެ ކަސްޓަމަރުން ބައިސްކަލް ބައްލަވައިގަތުމުން މާލެއާއި ހަމައަށް ފުރީ ޑެލިވަރީ ކުރުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދެއެވެ.
މިގޮތުން ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަަންނަން ބޭނުންނަމަ 9907010 ، 7874657 ނުވަތަ 9641420 އާއި ގުޅުއްވުމުން އެކަން ހަމަޖެހިގެންދާނެއެވެ. އަދި ބެސްޓް ބަޑީގެ ފޭސްބުކު ޕޭޖުންނާއި ، ބެސްޓް ބަޑީގެ ވެބްސައިޓުން ބެސްޓް ބަޑީއިން ލިބެންހުންނަ ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ.
ބެސްޓް ބަޑީ ވެބްސައިޓް: www.bestbuddy.mv
https://www.facebook.com/bestbuddymv
ވަރަށް ބޭނުން، އެކަމު ބައިސްކަލެއް ގަންނަން ނޭ ބުނާ އިރަށް ކުޅުދުއްފުއްޓަށް ދެވޭތަ؟؟
އެޔޮތާނުން ބުނެފަ ކޮންމެ ރަށަކަށްވެސް ގެންގޮސްދެމޭ
ބުރޯ އާރޓިކަލް ކިޔާލާފަ ކޮމެންޓް ކޮށޮލި ނަމަދޯ. މާލެއަށް ފުރީކޮށް ޑެލިވަރީ ކޮށްދޭނެކަމަށް ބުނެފަ އެބައޮތް. އެހެންވީމާ ކުޅުދުއްފުއްޓަށް ދާކަށް ނުޖެހޭނެ ދޯ.
އަހަރެން މީ ތިތަނުން ބަިސްކަލް ގަތް މީހެއް ގދ.އަތޮޅު ރަށަކަށް ނިސަބަތްވާ މީހެއް ގުޅައިގެން ޓުރާންސްފާރ ކުރުމުން މާލެއާއި ހަމައަށް ފޮނުވި ވަރަށް ބރާބަރަށް ހުރިހާކަމެއްވެސް ދިޔައީ ވަރަށް ސަޅި
އަގުތަށް ޖަހާލިނަމަ ވަރަށް ފުރިހަމަވީސް
އެފް ބީ ޕޭޖުން އަގުތައް ބަލާލަމާ
https://www.facebook.com/bestbuddymv/