ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ލިބޭ އިން ތަޢާރަފްކޮށް ވިއްކަމުން އަންނަ ޗޮކޯބްލާސްޓް ބިސްކަޓް ޕުޑިންގް ގަނެގެން ފައިސާގެ އިނާމެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލިބޭ އިން ބުނެފައިވަނީ މި ޕްރޮމޯޝަން އަކީ ޗޮކޯބްލާސްޓް އަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް ޑިމާންޑް ބޮޑުވުމާއި އެކު މި އުފެއްދުން ގަންނަ ހއ. ދިއްދޫ ކަސްޓަމަރުންނަށް ޗޮކޯބްލާސްޓުގެ ނަމުގައި ދޭ ހަދިޔާއެއް ކަމަށެވެ.

ލިބޭ އިން މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮމޯޝަންގެ ދަށުން، ލިބޭ 3 އިން ޗޮކޯބްލާސްޓް ގަންނަ ކޮންމެ ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ލިބޭ އިން ބުނެފައިވަނީ މިއަދުން ފެށިގެން ޗޮކޯބްލާސްޓް ގަންނަ ކޮންމެ ކަސްޓަމަރަކު ބިލް ލިބޭއާއި ހަވާލުކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮމޯޝަން ކުރިޔަށްދާތާ އެއް މަސް ދުވަސް ފަހުން ގުރުއަތުން ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ލިބޭ އިން ބުނެފައިވެއެވެ.

ލިބޭ އިން މިހާރު ފަށައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000ރ ގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމާފައެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ. މި އުފެއްދުން މިވަގުތު ލިބެންހުރީ ހއ. ދިއްދޫގައި ހުންނަ 'ލިބޭ-03' ފިހާރައިންނެވެ. ކުރިޔަށް އޮތް ހަފްތާތެރޭގައި މާލެއާއި، އައްޑޫ އަދި ހއގެ އެކި ރަށްރަށުން ޗޮކޯބްލާސްޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ލިބޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗޮކޯބްލާސްޓް ގަންނަން އޯޑަރު ކުރުމަށާއި، މި އުފެއްދުން އަދި ޗޮކޯބްލާސްޓް ޕްރޮމޯޝަންއާއި ގުޅޭ އިތުރު މައުލޫމާތު ލިބޭ-03ގެ ނަމްބަރު 7803003 އަށް ގުޅައިގެން ލިބޭނެއެެވެ.