ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަނަން "ލިބޭ" އިން ތައާރަފްކޮށް ވިއްކާ ޗޮކޯބްލާސްޓް މާލެ އިން ވިއްކަން ފަށައިފިއެވެ.

ލިބޭ އިން މީގެ ކުރިން މި އުފެއްދުން ވިއްކަމުމް އައީ ހަމައެކަނި ހއ. ދިއްދޫގައެވެ.

ލިބޭއިން ބުނީ ޗޮކޯބްލާސްޓްއަށް މާލެއާއި ހުޅުމާލެއިން އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު މިއަދު ޕްރީއޯޑަރަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން މިއަދު ޕްރީ އޯޑަރު ކުރާ ފަރާތްތަކަށް މާދަމާ ޑެލިވަރީ ކޮށްދޭނެކަމަށް ލިބޭއިން ބުނެއެވެ.

ލިބޭ އިން އަންނަނީ ޗޮކޯބަލާސްޓްގެ ދެ ސައިޒެއް (ސްމޯލް އަދި މީޑިއަމް) ކަޕް ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ. ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މާލެއާއި ދިއްދޫގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ޗޮކޯބްލާސްޓް ގަންނަން އޯޑަރު ކުރުމަށާއި، މި އުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9759452 އަށް ގުޅައިގެން ލިބޭނެއެެވެ.