"މިއޮތީ ރަސީދު" ކެމްޕޭންގެ ދަށުން އިނާމު ހަވާލުކުރި ދެ ބޭފުޅުން - ފޮޓޯ: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "މިއޮތީ ރަސީދު" ކެމްޕޭނުގެ މިދިޔަ މަހުގެ ނަސީބުވެރިން ހޮވާ އެފަރާތްތަކަށް މީރާއިން ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

ADS BY OOREDOO

މީރާއިން މިއަދު ފައިސާގެ އިނާމު ހަވާލުކޮށްފައިވަނީ، ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތައް އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވި ފަރާތަށެވެ.

ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު މުޙައްމަދު ރަޝީދު އަދި  އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވި މުޙައްމަދު އިބްރާހިމްއަށް ފައިސާގެ އިނާމު ހަވާލުކޮށްފައިވަނީ، މިކަމަށްޓަކައި މިއަދު މީރާގައި ބޭއްވި ހާއްޞަ ހަފްލާއެއްގައި، އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޢަލީއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު ފަސްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 28 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.

މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ކެމްޕޭންގައި މިހާތަނަށް 37،000 އަށް ވުރެ ގިނަ ރަސީދު މީރާ އަށް ލިބިފައިވާ އެ އޮތޯރިޓީން ހާމަކުރެއެވެ.

 

ADS BY ASTERS

Comments are closed.