އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫގެ ރައްޔިތުންނަށް ދެމުން އައި ސަޕްލައި ފެނުގެ ޚިދުމަތުގެ އަގު މާލެއާ އެއް އަގަކަށް ހެޔޮކޮށްފިއެވެ.

ADS BY OOREDOO

މީގެ ކުރިން އައްޑޫގައި ދެމުން އައި ފެނުގެ ހިދުމަތުން އައްޑޫގެ ގޭބީސީތަކުން ކޮޑިމީޓަރަކަށް 65ރ ނަގަމުން އައި ނަމަވެސް، މި ގެނައި ހެޔޮ ބަދަލާއިއެކު ދެން ކޮޑިމީޓަރަކަށް ނަގާނީ ވެރިރަށް މާލޭގައި ވެސް ނަގާ ރޭޓުން 22ރ އެވެ.

އައްޑޫގެ ފެނުގެ ޚިދުމަތުގެ އަގުތަކަށް ގެނައި ބަދަލާއި އެކު 22ރ ނަގާނީ ގޭބީސީތަކުގެ ތެރެއިން 1-100 ލީޓަރާއި ދެމެދަގައި ފެން ބޭނުންކުރާ ކަސްޓަމަރުންގެ އަތުންނެވެ. 101-200 ލީޓަރާއި ދެމެދަގައި ފެން ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިން 75ރ ނަގަމުން އައި ނަމަވެސް ދެން ނަގާނީ 70ރ އެވެ. އަދި 200 ލީޓަރުން މައްޗަށް ބޭނުންކުރައްވާ ފަރާތްތަކަށް ކުރިން 100ރ ނަގަމުން އައި ނަމަވެސް ދެން ނަގާނީ 95ރ އެވެ.

1-100 ލީޓަރާއި ދެމުގައި ފެން ބޭނުންކުރައްވާ ވިޔަފާރިތަކުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާއިރު މިހާރުވެސް ނަގަމުން ގެންދާނީ ކުރިއެކޭވެސް އެއްގޮތަށް 100ރ އެވެ. އަދި 101-200 ލީޓަރާއި ދެމެދުގައި ފެން ބޭނުންކުރައްވާ ވިޔަފާރިތަކުން ދެން ނަގަމުން ގެންދާނީ 125ރ އަދި 101-200 ލީޓަރާއި ދެމެދުގައި ފެން ބޭނުންކުރައްވާ ވިޔަފާރިތަކުން ދެން ނަގަމުން ގެންދާނީ 135 ރުފިޔާއެވެ. މި ދެ ބޭންޑަށް ކުރިން ނަގަމުން ގެންދިޔައީ 100 ރުފިޔާއެވެ.

އައްޑޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ބައިވޯޓާ އިން ހުއްޓާލުމުން، 2013 ވަނަ އަހަރު 35 މިލިޔަން ރުފިޔާއަށް ފެނަކައާއި ހަވާލުކުރިއެވެ. ފެނަކައިން މި މަސައްކަތް ނިންމާލައި، އައްޑޫގެ ފެނުގެ ހިދުމަތުން އަގު ނަގަންފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެނެވެ.

ADS BY ASTERS

5 ކޮމެންޓް

  1. އައްޑޫ އަތޮޅަށް ސަރުކާރުން ފޯރުކޮށް ދެއްވާ ފެނުގެ އަގު، މާލެއާ އެއް އަގެއްގައި ލިބޭގޮތްވުމީ އެ އަތޮޅު ނުވަތަ އެ ސިޓީގެ ރައްޔިތުން ނަށް ލިބިގެންދިޔަ ލުއި ފަސޭހަ އެކެވެ. އެހެންކަމުން އެކަމާމެދު ޒާތްޒާތުގެ ފިތުނަވެރި ވާހަކަތައް ނުފަތުރާ އެ ކަން އިޚްލާޞް ތެރިކަމާއެކު ބަލައިގަނެ، ސަރުކާރަށް ތާއީދު ދިނުމަކީ ލިބުނު ލުއިފަސޭހަ ދެމެހެއްޓުމާ އިތުރު ލުއިފަސޭހަ ތަކަށް މަގުފަހިވެގެން ދާނެކަމެކެވެ.

  2. ރައީސް ޔާމީން ގެ ކުރިފުޅުމަތީގައި އެއްމެހާ ދިވެހިރައްޔިތުން ހަމަހަމަ. އަދި އެންމެ އިންޞާފުވެރި ގޮތަކީ ވެސް އެއީ. އެހެންވީމާ ހުރިހާ ރަށްތަކަށްވެސް ފެން ފޯރުކޮށްދެއްވަން އެމަނިކުފާނު ގަސްދު ކުރަށްވަނީ ހަމަ ހަމަ އުސޫލަކުން އެއް އަގެއްގައި.

  3. ޢަގު ހެޔޮކުރީއޭ ބުނީމަ ހައިރާން ނުވޭ އަދި އުފަލެއްވެސް ނުވޭ. ޢެކަމަކު އެންމެ ލާރިއެއްވެސް ހެޔޮވީތީ ޝުކުރުކުރަން. މާލެއްކީ އާބާދީގެ ބޮޑުބައި އުޅޭތަން. މާލެއާ އަޅާ ބަލާއިރު އައްޑޫގެ އާބާދީއަކި މަދު އަދަދެއް. ޢެހެން ކަމުން މާލެއާ އެއްއަގެއްގައި ޚިދުމަތްތައް ހުރުމަކީ ދެރަކަމެއް.

  4. ޑިމޮކްރަޓިސްޓް

    ސޯބެކޮބާ؟؟:::::: ކަލޯ ކަމެއްހެންހީވޭ::::::: ހަމަ ހަޅޭއް އަރުވާފަވެސް ގަނެގެން ބޯންޖެހޭނީ ތިފެން އިނގޭތޯ؟؟::::::: ޑައިޖެސްޓް ބްރޯ:::::::

  5. ތާރީޚު ދިވެހި ރާއްޖެ.

    ޢައްޑޫ ރައްޔިތުންނަކީ ނިއުމަތަށް ޝުކުރު ވެރި ވާން ދަންނާނެ ހޭލުންތެރި ޢިލްމީ ރައްޔިތެއް!