އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރއިން އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ހޯލްސޭލް ޕްރޮމޯގެ ގުރުއަތުނެގުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަރމާޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި 1 ވަނަ، 2 ވަނަ އަދި 3 އަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަރމާޓުގެ މެނޭޖަރ އައިމިނަތް ސީމާ އެވެ. އަދި އިތުރު 10 ނަސީބްވެރިންނަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަރމާޓުގެ މެނޭޖަރ އިބްރާހިމް އަލީފް ރައުފް އެވެ.

މި ޕްރޮމޯޝަންގެ އެއްވަނައަށް ހޮވިވަޑައިގަތް ފަރާތަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 18,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ސެންފޯޑު ޗިލާ އެއް ލިބިގެންދާއިރު، ދެވަނައަށް ހޮވިވަޑައިގަތް ފަރާތަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 12,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ވާވޭ ފޯނެއް ލިބިވަޑައިގަންނަވާނެއެެވެ. އަދި ތިންވަނައަށް ހޮވިވަޑައިގަތް ފަރާތަށް އިނާމެއްގެ ގޮތުގައި ހިޓާޗީ 9,000 ބީޓީޔޫ އޭސީ، ފިލިޕްސް 49 އިންޗި ޓީވީ، ސެންފޯޑު މައިކްރޯވޭވްއެއް ލިބިވަޑައިގަންނަވާނެއެވެ.

އަދި މީގެއިތުރުންވެސް ހޮވާލެވުނު ނަސީބުވެރި 10 ފަރާތަށް އިނާމެއްގެ ގޮތުގައި އެސްޓީއޯ ސުޕަރމާޓް އިން ރާއްޖެ އެތެރެކުރާ ބްރޭންޑްތަކުގެ ތެރެއިން ކޭސް ލިބިވަޑައިގަންނަވާނެއެވެ.

1 ވަނަ އިނާމުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަބްދުލް ހަންނާނު: ކޫޕަން ނަމްބަރ 1082
2 ވަނަ އިނާމުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، މުހަމްމަދު ކާހިރް: ކޫޕަން ނަމްބަރ 0268
3 ވަނަ އިނާމުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަލީ ނިޔާޒް: ކޫޕަން ނަމްބަރ 1587

އަދި އިތުރު 10 ނަސީބް ވެރިންނަކީ:

މުހަމްމަދު ލަޔާން، ކޫޕަން ނަމްބަރ 0107
މުހަމްމަދު ކާހިރް، ކޫޕަން ނަމްބަރ 1728
އަބޫބަކުރު އަށްބާސް، ކޫޕަން ނަމްބަރ0412
އޮލިއުއްލާ ، ކޫޕަން ނަމްބަރ 2514
އަލީ ، ކޫޕަން ނަމްބަރ2444
އަލީ ނިޔާޒް، ކޫޕަން ނަމްބަރ1586
އަހްމަދު މާއިޝް ، ކޫޕަން ނަމްބަރ 0540
މުހަމްމަދު ލަޔާން، ކޫޕަން ނަމްބަރ 0109
ޝޯހިދު މުހައްމަދު، ކޫޕަން ނަމްބަރ 0873
ހުސެން ރަޝީދު، ކޫޕަން ނަމްބަރ 2380

މީގެ އިތުރުން އެސްޓީއޯ ސުޕަރމާޓް ގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަން ގެ ގުރުއަތުނެގުން ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަމާރޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަރމާޓް ސީނިއަރ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން އެވެ.

މިޕްރޮމޯޝަންގެ އިނާމަކީ؛ 1 އަހަރު ދުވަހުގެ މުއްދަތަކަށް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކޮށްލެވޭ ވައުޗަރެކެވެ. މިއިނާމް ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަކީ:

އެއްވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، ޝާން ކޫޕަން ނަމްބަރ 20296
ދެވަނަ އިނާމުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަލީ ސަމީމް ކޫޕަން ނަމްބަރ 18705
ތިންވަނަ އިނާމުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަދީލާ ކޫޕަން ނަމްބަރ1289