ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން ތައްޔާރުވަމުން އަންނައިރު، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫން ވެސް ތަފާތު އެތައް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭ ޕްރޮމޯޝަނެއް ކޮކާ-ކޯލާ އިން ފަށައިފި އެވެ.

ދިވެހިންނަކީ ފުޓްބޯޅަ އަށް އަބަދު ވެސް ވަރަށް ބޮޑަށް ލޯބިކުރާ ބައެކެވެ. މި ޕްރޮމޯޝަން މެދުވެރިކޮށް، ގޭގައި ތިބެގެން ވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ އެވެ. "ކޯކް، ފުޑް އެންޑް ފުޓްބޯލް" ގެ ނަމުގައި ހިންގާ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ.

ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދިއުމުން އިމާނު ލިބޭނެއެވެ. ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު (މިއީ ކޮންމެ ދުވަހަކު ދޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެ އެވެ.

ކޮކާ-ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ ކޯކުގެ މީރު ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އެކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.

"ކޮކާ-ކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފައި. ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފުޓްބޯޅަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި، ކޯކުގެ މީރު ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަށް އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ،" ކޮކާ-ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

ގޭގައި ތިބެގެން މިހާ އަގުހުރި ބަދަލެއް މީގެ ކުރިން ލިބިފައެއް ނުވެ އެވެ. އާއިލާ އަދި ރަށްޓެހިންނާއެކު ޕްރިމިއަ ލީގުގެ މެޗުތައް ބަލާލަން އެއްތަންވެލައި ކޯކުގެ މީރު ރަހައާއެކު ލުއިކާނާ އަށް އިންސާފުކޮށްލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް މިހާރު މިވަނީ ފަހިވެފަ އެވެ.