ދިވެހި ރާއްޖޭގެ ދައުލަތުގެ ރަސްމީ ރިޒާވް، 788.8 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެއް މަހުން އަނެއް މަހަށް ބަލާނަމަ، މިއީ 59 އިންސައްތައިގެ ކުރިއެރުމެކެވެ. އަހަރުން އަހަރަށް އަޅާކިޔާނަމަ، މިއީ ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން އާއްމުކުރައްވާފައިވާ ގޮތުގައި މިއީ މި އަހަރުހެ އޭޕްރީލް މަސް ނިމުނުއިރު، ދައުލަތުގެ ރިޒާވުގައި ހުރި އަދަދެވެ.

މީގެކުރިން މި އަހަރުގެ ފެބުރުވަރީ މަހުވެސް އެމްއެމްއޭ އިން ވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި އަދަދު އާއްމުކޮށްފައެވެ. އޭރު މަރުކަޒީ ބޭނުންކުން އާއްމުކޮށްފއައިވާ ގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 625.9 މިލިޔަން ރުފިޔާއެވެ. އަދި، ބޭނުންކުރަން ހުންނަ ރިޒާވުގައި ހުރީ 205.6 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން ރަސްމީ ރިޒާވަށް ބަލާކަމުގައިވާނަމަ، އެއީ އަހަރުން އަހަރަށް ޖެހޭވަރުގެ ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. އަދި، މަހުން މަހަށް އަޅާކިޔާނަމަ، 31 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން އޭޕްރީލް މަހުގެ ނިޔަލަށް ރިޒާވުގައި ހުރި އަދަދު އާއްމުކޮށްފައިވާއިރު، ބޭނުންކުރަން ހުންނަ ރިޒާވުގައި ހުރި އަދަދު އާއްމުކޮށްފައި ނުވެއެވެ،

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަމެ

    ސާބަހެ ރައީސް ތީހަމަ އިކޮނޮމިސްޓެކޭ ބުނަނީ ބުނާވަރ ވީމަ އިދިކޮޅުން ތިބޭނެ ދެފައި ފިއްތާލާފަ.

  2. ކަންވަށް

    ވަަށްކަން ކުރާ މިންވަރު މިފެންނަނީ ،، ރީދޫ ބޮނޑިބަތް ކައްކަންވީ.........

  3. ޑާޑާޑާޑާ

    ރަސްމީ ރިޒާވް 59 ޕަސެންޓް އިތުރު ވެއްޖެ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިއަހަރު ނިމުމުގެ ކުރިން ރަސްމީ ރިޒާރވް 1 ބިލިއަން ޑޮލަރަށް ހައްދަވާނެ ކަަމަށް އެކަން ކުރުމަށް ޓަަކައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތައް ހޯދާ އެމެން ރަށަށް ފޮނުވާލުމުގެ ކަންކަން ކުރަން ފަށަންވީއޭ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އެތަައް ބަޔަކަށް މަސައްކަތެއް ނުލިބި ވަނީ ބިކަ ވެފައޭ މިކަން ނުކުރާނެއޭ އަދި ނުކުރެވޭނެއޭ އިމިގްރޭޝަން އަށް އެެއަށް ވުރެން ކޮރަޕްޓް އޭ އެތަން ކަން މިހެން ހުރުމުން ސަރުކާރުން މިކަމާއި މެދު ޑެޑް ސީރިއަސް ކޮށް ވިސްނާ މިކަން ރަނގަޅު ކުރަން އުޅޭށޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  4. ބަލާތި

    ރާއްޖޭގެ ނޭޝަނަލް ރިޒާރވް އަދި އިތުރު ވާނެއޭ ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަހަކު 200 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއްދޭ ނަމަ އެފަދަ ވަޒީފާ ދޭން ޖެހޭނީ ހަމަ އެކަނި ދިވެހިންނަށް ކަމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމާ މިކަން އިއުލާން ކުރަންވީއޭ ކެރިގެން މަޓީގެ ބޮޑުން ރަށުތެރޭ އަތް ފުނާ އެޅިނަމަވެސް ނުލިބޭނެއޭ 100 ގަނޑުވޯޓް ވެސް އެކަމަކު މިދެންނެވުނު ފަދަ އިއުލާނެއް ސަރުކާރުން ކޮށްފިނަމަ އެއީ ހަމަ ޔަގީނުންވެސް 30 ހާސް ގަނޑު ވޯޓް އެއްވެސް ދައްޗެއް ނެތި ސަރުކާރަށް ލިބޭނެއޭ އެފަދަ އިއުލާނަކާއި އެއްގޮތަށް މީންސް ހުރި ގޮތެއްގައި އަމަލު ކޮށްފިނަމަ. ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުން ދޭ މުވައްސަސާ އެކޭ އިމިގްރޭޝަން އަކީ އެތަން އެބަޖެހޭ ރަނގަޅު ވާން ރިސޯރޓްސް ތަކަށް ވާރކް ވިސާ ދެނީ ކަޓް ފައިސާ މިލިއަނުން ކާލައިގެންނޭ މީ މާލޭގެ ހުރިހާ ވިޔަފާރި ކުރާ ގެތަކުގެ ލިވިންގް ރޫމްގެ ޑޮމެސްޓިކް ސްޓޯރީ އަކީ. ބަންގާޅުން ފިލައިގެން އުޅޭއިރު އެމެންނަށް މަސައްކަތް ހޯދާ ދެނީ އިމިގްރޭޝަން ބޮޑުން.

  5. ޖައްސާތި

    ރާއްޖޭގެ ނޭޝަނަލް ރިޒާރވް އަދިވެސް ރަނގަޅު ވާނެ ސަރުކާރުން މިހާރުވެސް ލޯ މަރާލާފައި މާލެ ސަރަަހައްދުގައި އޮތް ގުޅި ފަޅު ހިއްކާލާ އެތަނުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކޮންމެ ކުންފުންނަކަށް މަހަކު 1 ރުފިޔާ އަކަފޫޓަކަށް ނަގާނެ އުސޫލުން މާލެ ސަރަހައްދުގައި ހުރި އަމިއްލަ މަސައްކަތް ކުރާ ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިން ދޭން ސަރުކާރުން ނިންމާ ގުޅި ފަޅު ހިއްކާލައިފިނަމަ އަދި ހުޅުމާލޭގެ އިރު މަތީ ފަޅު ގެ ފުޅާ މިނަކީ މިހާރުވެސް ހުޅުމާލެ އަށް ވުރެން ފުޅާ ތަނަކަށް ވާއިރު އެތަން ވެސް ހިއްކާލަންވީ ހުޅުމާލޭ ދޭކުންފެށިގެން އައިސް ފެރީ ޓާރމިނަލް އާއި ހަމައަށް ބޭރު ތޮއްޓާއި ޖެހެން ދެން އަދި އެގޮތުން ހިއްކާ ބިން ތަކުގައި ފްލެޓްސް ތައް 25 ބުރިއަށް އަޅަމުން ދާންވީއޭ ދެން ހުޅުމާލޭ ފަޅުތެރޭގައި އަޅާ ސަފާރީސް ތަކަށް މާލެ އާއި ވިލިގިލި އާއި ދެމެދު ކަނޑުއޮޅިން ޖާގަ ދިނުމަށް ޓަކައި ވާދޫ ކަނޑުއޮޅީގައި ޓްރައިޕެޑް ކަނޑުގެ ސާރފޭސް އިން ފެށިގެން ޖަހާ މާލެ އާއި ވިލިގިލި އާއި ދެެމެދު އެއީ ސަފާރީސް ތައް އަޅާ ތަނަކަށް ހައްދަވަންވީއޭ އެއިރުން ދުނިޔޭގެ ބޮޑެތި ޕެސެންޖަރ ލައިންސް ތައް ވެސް އަންނާނީ މިތަނަށް ނޫންތޭ މިއުސޫލުން ކަންކަން ކުރަންވީ ދައުލަތަށް މާލެ ސަރަަހައްދުގައި ހުރި ބިން ތައް ކުއްޔަށް ދީގެން މަހަކު 1 ސެންޓިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެ ނޫންތޭ މިގޮތުން ބޮޑު ކުރެވޭ ބިން ތައް ގުޅިފަޅުންނާއި އަދި ތިލަފުށި ފަޅުހިއްކާ ކުއްޔަށް ދީގެން ދެން ގިރާވަރު ފަޅުވެސް ހިއްކާލާނީ ދެން ފޭދޫ ފިނޮޅުގެދެކުނުން އޮތް ފަޅުވެސް ހިއްކާލާނީ އެވެ. އަޕަރ ލިމިޓް އަށް މާލެ ސަރަހައްދުގެ އިކޮނޮމީ ޑްރައިވް ކުރަންވީއެވެ.

  6. ޙަފްޞާ / މާލެ

    މުސާރަތައް އެއްދުވަސްވެސް ލަސްނުވެ ، ތަރައްޤީއަށް މަޑުޖެހުމެއް ނައިސް ، މުޅިން އަލަށް ބޮޑަތި މަޝްރޫޢުތައް ފަށާ ، ޖީއެމްއާރަށް ދަރުވާލި ތިންސަތޭކަމިލިޔަން ޑޮލަރު އެއްފަހަރުން ޚަލާޞްކޮށް ، އެމްޑީޕީގެ ތިންއަހަރާ ފޮއިދުވަހުގެ ނޭއްގާނީވެރިކަމުގައި ރާއްޖެ ދަރުވާލި ބޭރުގެ ދަރަނި 31 ބިލިޔަނުން 19 ބިލިޔަނަށް ދަށްކޮށް ، މިހުރީ އާދައިގެ ކަންތަކެއްނޫނެވެ. ދިވެހި ރައްޔިތުންނޭވެ! ތިޔަ ރައްޔިތުން ހޭވަރިކަންވެ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދިނުމަށް އަތާއަތް ގުޅާލާށެވެ!

  7. މާކިންބެ

    ކާލަން ވީނު.

  8. ހުސްނުލްއަލްސޫދު

    ކެނެރީގޭ ބޮއްޅަބެޔާއި އޭނާގެ ހާމުދުރުންނަށް ވަރަށް ސަލާމް

  9. ޓޯރން

    ފާރިސް ޖަލަށް ލުމަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ ނަމަވެސް އެއީ މަމެން ކަން ބޮޑު ވާ ކަމެއް ނޫނޭ ތިޔާ އިނގިރޭސި އެމްބަސޭ މެން މިއޮށް ރޯނު ބޮނޑި ވަރު ހިފައިގެން ވަލަށް ދަރުހޮވަން ދިޔައިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ ރާއްޖޭގެ ޖުޑިޝަރީ އާއި ބެހޭ ގޮތުން ކޮމެންޓް ކުރަން އުޅުމަށް ވުރެން ދޯ ޔޫއާރ އޯލްރެޑީ ލިޓިލް ލޭޓް ފޯރ އިޓް ބައި ދަވޭ ޔޫއާރ އޯލްރެޑީ ޓޯރން ޓޯރން ދޯ.

  10. ކެނެރީ ވަގު

    އެމް ޑީ ޕީ އަށް ވެރިކަން ލިބިއްޖެނަމަ ތިހުރިހާ ރުފިޔާ ތަށް ޔަހޫދީންނަށް ބަހާލާނެ އެއީ ވެރިކަން ހޯދައިދޭން ޔަހޫދީން ކޮށްދޭ މަސައްކަތުގެ ބަދަލުގަ މީ ވަރަށް ވާހަކަ

  11. Anonymous

    އަލްޙަމްދު ލިﷲ. މިކަމުންވެސް ދޭހަވަނީ ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާކަން ނޫން ދެންކޮންކަމެއްބާ......؟؟؟؟