ލޯބިވެރިޔާއަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ހަދިޔާގެ ގޮތުގައި ސެންޓު ދިނުމަކީ ދިވެހިންގެ އާދައެކެވެ. މިއީ ދުނިޔޭގައި ވެސް ގިނަ ބަޔަކު ލޯބިވާކަން ހާމަ ކުރުމަށް ކުރާ ކަމެކެވެ. ނަމަވެސް ސެންޓުފުޅިއެއް ދޭއިރު އެއީ މީރުވަސް ދުވާ ކޮލިޓީ ރަނގަޅު ސެންޓުފުޅިއަކަށްވުން ވަރަށް މުހިންމެވެ. އެހެންކަމުން މި ޕާކޯ ރަބާންގެ އިންވިކްޓަސް ކަލެކްޝަންގެ މި ދެ ސެންޓުފުޅި ފިރިހެނުންނަށް ހަދިޔާއަކަށް ދޭން ވަރަށް ރަނގަޅުވާނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް، ޕާކޯ ރަބާން އިން ނެރުނު އިންވިކްޓަސް ކަލެކްޝަންގެ "އިންޓެންސް" އާއި "ވިކްޓްރީ" އަކީ އެ ކަލެކްޝަންގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ސެންޓެވެ. މި ސެންޓު މިހާރު ރާއްޖޭގެ ސެންޓު ވިއްކާ އޮންލައިން ޕޭޖެއް ކަމަށްވާ، އިންޓެންސް އެމްވީ އިން ލިބެން ހުންނާނެއެވެ.

އިންވިކްޓަސް އިންޓެންސް ސެންޓަކީ 2016 ވަނަ އަހަރު ނެރުނު މި ސެންޓުގައި ހިމެނެނީ "ސެންޝުއަލް" ވަހެކެވެ. މި ސެންޓުގައި އޮރެންޖް ބްލޯސަމް އާއި ކަޅު ދިރި އަދި އެމްބާ ފަދަ މީރު ވަސް އެކުލެވޭ އިންގްރީޑިއަންޓުތައް ވަނީ ބޭނުންކޮށްފައެވެ. މި ސެންޓަކީ ގިނަ ވަގުތު ވަސް ހިފަހައްޓާ ސެންޓެކެވެ.

މިއަހަރު ބާޒާރަށް ނެރުނު އިންވެކްޓަސް ވިކްޓްރީ އަކީ ވެސް ގިނަ ވަގުތު ވަސް ހިފަހައްޓާ މީރު ވަހެއް އެކުލެވޭ ސެންޓެކެވެ. މި ސެންޓު ތައްޔާރު ކޮށްފައިވަނީ ލުނބޮޔާއި ފިޔާތޮށި ދިރި އަދި ވެނީލާ އާއި ލެވެންޑާ އާއި އެމްބާ ފަދަ އިންގްރީޑިއަންޓުތައް ބޭނުންކޮށްގެންނެވެ.

އިންޓެންސް އެމްވީން އިންވެކްޓަސް އިންޓެސްގެ 100 އެމްއެލްގެ ފުޅިއެއް ލިބޭނީ 1800ރ. އަށެވެ. އަދި ވިކްޓްރީގެ 100 އެމްއެލް ފުޅިއެއް ލިބޭނީ 2250ރ. އަށެވެ. މި ސެންޓު ރިވިއު ކުރި ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މި ސެންޓުގެ ކޮލިޓީއަށް ބަލައި މި އަގުތަކަކީ މާ ބޮޑަށްވެސް ރަނގަޅު އަގުތަކެއް ކަމަށެވެ.

އިންޓެންސް އެމްވީއިން ޕާކޯ ރަބާން ފަދަ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް ސެންޓު ލިބެން ހުރެއެވެ. އެހެންކަމުން ސެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޓެންސް އެމްވީގެ އިންސްޓަގްރާމް ޕޭޖަށް ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ސެންޓ ގަނެލެވޭނެއެވެ. އަދި 7730055 އަށް ގުޅައިގެން ވެސް އިންޓެންސް އެމްވީ އިން ވިޔަފާރި ކުރެވޭނެއެވެ.