މޫނުގައި ބިހި ނެގުމަކީ ވަރަށް ޢާންމުކޮށް ގިނަ ބަޔަކަށް ކުރިމަތިވާ "އުނދަގޫ ބޮޑު" ކަމެކެވެ. މިކަމުގެ ސަބަބުން މޫނުގެ ރީތިކަމާއި ހަންގަނޑުގެ އޮމާންކަން ގެއްލި، ސިފަ ހުތުރުވާން ދިމާވެއެވެ. މޫނުގައި ބިހި ނެގުމުން، އެކަމަށް ޙައްލެއް ނުލިބި ގިނަ ދުވަސްތަކެއް ދެމިގެންދާއިރު، ކަމުގެ މާހިރުން ޤަބޫލުކުރާ ގޮތުގައި އެކަމަށް އެންމެ ރަނގަޅީ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން، ހަންގަނޑަށް ފަރުވާ ކުރުމެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ "ޕިމްޕަލްސް އައުޓް ރޯލާ ޕެން" އަކީ، ފަސޭހަކަމާއިއެކު ބިހި ފިލުވައި އެކަމަށް އަވަސް ޙައްލެއް އެދޭނަމަ ބޭނުންކުރެވިދާނެ މޮޅު އުފެއްދުމެކެވެ. ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ޖެލްއަކީ މޫނުގައި ނަގާ ބިހިން ރައްކާތެރިވުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޖެލްއެކެވެ.

ޢާންމު ގޮތެއްގައި ބިހިން ރައްކާތެރިވުމަށް އުފައްދާފައި ހުންނަ ޖެލްތަކާއި ޚިލާފަށް، "ޕިމްޕަލްސް އައުޓް ރޯލާ ޕެން" އަކީ މޫނުގައި ހަމަ އެކަނި ބިހި ހުންނަ ތަންތަނަށް ފަރުވާ ކުރުމަށް ފަސޭހަ އުފެއްދުމެކެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ފުޅީގެ ކޮޅުގައި ވަށްކޮށް ހުންނަ ބައިން، ބިހިތައް މަތީ ޖެލް ހޭކުމަށް ފަސޭހަ ވާއިރު، ބިހީގައި ހުންނަ ޖަރާސީމު މޫނަށް ފެތުރުމުގެ ފުރުސަތު މިކަމުން ކުޑަވެ ބިހި އިތުރުވުމުން ދުރުކޮށްދެއެވެ.

މި ޖެލްގެ އެންމެ ޚާއްސަ އެއް ސިފައަކީ، އޭގައި ހިމަނާގައިވާ ގުދުރަތީ މާއްދާތަކުގެ ސަބަބުން، ހަންގަނޑުގައި ޖެލް ޖެހުމާއި އެކު އެތަނެއް ފިނިކޮށްދީ ޖަރާސީމުގެ އަސަރު އިތުރަށް ފެތުރުމާއި އަށަގަތުން ދުރުކޮށްދޭކަމެވެ. އަދި ހަންގަނޑުގައި ނަގާފައި ހުންނަ ބިހިތަކުގެ މަތި ހިއްކާލައި، ފަރުވާ ހޯދަން ފަށާ ދުވަހުން ފެށިގެން ބިހި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް މި ޖެލް ވެގެންދެއެވެ.

މި ޖެލް އަކީ ހަމައެކަނި މޫނުގެ ބިހިތައް ނަގާފައި ހުންނަ ތަންތަނަށް ފަރުވާ ކުރުމަށް ޚާއްސަ ކުރެވިގެން ތައްޔާރުކޮށްފައިވާ ޖެލްއަކަށް ވާއިރު، ޖެލް ބޭނުން ކުރުމުގެ ކުރިން "ފޭސް ވޮޝް"އެއް ބޭނުންކޮސްގެން މޫނު ދޮވެ، މޫނުގެ ހަންގަނޑު ސާފުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އާދަކޮށް މި ޖެލް ބޭނުން ކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގައި ބިހި ނެގުމަށް މަގުފަހިކުރާ ބައިތަކުން ހަންގަނޑު ސަލާމަތްކޮށްދީ ހަންގަނޑު ރީތިކޮށްދެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ޕިމްޕަލްސް އައުޓް ރޯލާ ޕެން"، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފުޅި ވިއްކާ އަގަކީ 140 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.