މުޅި ރާއްޖެއަށް މަޝްހޫރު އަތަރް ބްރޭންޑް، އޫދް އަލް ސަބާޔާއިން ސިލްކްވުޑް ކޮލެޓީގެ އެބްސޮލިއުޓް ސަބާޔާ ކިިޔާ ފިރިހެނުންނަށް ހާއްސަ އަތަރަކާއި ޕާފިއުމް އެއް ގެނެސް ވިއްކަން ފެށިތާ އަދިވީ ދެ މަހެވެ. އެތައް ބަޔަކަށް މީގެ ވަސް ކަމުގޮސްފިއެވެ. މާފަންނު މިރިޔަސް މަގުގައި ހުންނަ އޫދް އަލް ސަބާޔާގެ މައި ފިހަރައަށް ދާ މީހުންނަށް މި އަތަރްގެ ވަސް ދައްކާލުމުން، "ރިޖެކްޓް"އެއް ނުކުރެއެވެ. އެހާވެސް ގިނަބަޔަކަށް މި އަތަރާއި ޕާފިއުމް ކަމުގޮސްފިއެވެ.

ސިލްކްވުޑް މިއީ މިހާރު ރާއްޖޭގައިވެސް އެންމެ މަޝްހޫރު އަތަރެވެ. މި ބްރޭންޑްގެ އަތަރް 2016ގައި ރާއްޖެ ތައާރަފްކުރީ އޫދް އަލް ސަބާޔާއިންނެވެ. އެ އަހަރުން ފެށިގެން ތިން އަހަރު ވަންދެން މި ވައްތަރުގެ އަތަރް ރާއްޖޭގައި ވިއްކަމުން ދިޔައީ އޫދް އަލް ސަަބާޔާއިންނެވެ.

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، 2019 ފަހުން ސިލްކްވުޑް ކޮލެޓީގެ އަތަރާއި ޕާފިއުމް ނުލިބި ހުރެފައި، މީގެ ދެ މަސް ކުރިން އޫދް އަލް ސަބާޔާއިން ރާއްޖެއަށް ތައާރަފްކުރީ އެބްސޮލިއުޓް ސަބާޔާ ކަމަށެވެ.

އަދި މިއީ ވަރަށް މީރު ވަސް ދުވާ އެއް ދުވަސް ވަންދެން ވަސް ހިފަހައްޓާނެ އަތަރަކާއި، ޕާފިއުމެއްކަން ފާހަގަކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ދިވެހި ފިރިހެނުންނަށް މި ވައްތަރު މާބޮޑަށް ކަމުގޮސްފި، ފިިހާރައަށް އަންނަ ކޮންމެ މީހަކަށްވެސް މި ވައްތަރު ރިކޮމެންޑް ކުރުމުން ވަރަށް ބޮޑަށް ކަމުގޮސްގެން ގަނެގެން ދަނީވެސް، އެހެންކަމުން މިހާތަނަށް ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅު".

ޝަބީން ވިދާޅުވީ، ވަރަށް އަވަހަށް އެބްސޮލިއުޓް ސަބާޔާގެ ލޯޝަނެއް ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށެވެ.

އޫދް އަލް ސަބާޔާއިން ރާއްޖެ އަށް ތައާރަފް ކުރި އުފެއްދުންތަކުގެ ތެރޭގައި އަމިއްލަ އަތަރާއި، ޕާފިއުމް، ލޯޝަން އަދި އެއާ ފްރެޝްނާ ހިމެނެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.