ދިވެހިންނަށް އެންމެ ކަމުދާނެހެން ތައްޔާރުކޮށްފައިވާ ރަހަ މީރު ފޮނި ފޯއް ފުޅީގައި ވިއްކަން ފަށައިފިއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ އަންހެން ކަނބަލަކު ތައްޔާރުކުރާ ރަހަ މީރު ފޮނި ފޯއް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރުވެސް ލިބޭއިރު، އޭނާ މި މަސައްކަތް ފަށައިގަތީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ.

ކުދި ޕްލާސްޓިކް ޕެެކެޓްގައި ތައްޔާރުކޮށް މީގެ ކުރިން އޭނާ ވިއްކަމުން ދިޔަ ރަހަ މީރު ފޮނި ފޯއް މިހާރު ހުންނަނީ ފުޅީގައެވެ. ފުޅިއެއްގެ އަގަކީ 35 ރުފިޔާއެވެ.

މި އުފެއްދުމަށް އާންމުންގެ ވަރަށްބޮޑު ތަރުހީބު ލިބޭކަމީ މިހާހިސާބައް އައުމުގެ އެންމެބޮޑު ހިތްވަރު ކަމަށް ފާހަގަކޮށް އޭނާ ބުނީ މިކަމަށް އޮތް ދައްޗަކީ ތަކެތީގެ އަގު މަހުން މަހަށް މައްޗައްދިއުން ކަމަށެވެ.

އެގޮތުން ކުރިން 100 ރުފިޔާއަަށް ގަތް ފޯއްކިލޯ މިހާރު ގަންނަން ލިބެނީ 190 ރުފިޔާ އަށް ކަމަށް އޭނާ ބުންޏެވެ.

މިއީ ވަރަށް މުރަނަކޮށް ތައްޔާރުކޮށްފައިވާ، ފޮނި އަދި އެހާމެ މީރު އުފެެއްދުމެކެވެ. އަދި މީގެ ތެރެއަށް ފޮނިތޮށި ކާފުރުތޮޅި އާއި އެއްޗެހިވެސް އަޅާފައި ހުންނާނެއެވެ.

ގިނަ ބައެއްގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މި ފޮނި ފޯއް މިހާރު ފުވައްމުލަކުންނާއި، އައްޑޫސިޓީންނާއި، މާލެ އަދި ހުޅުމާލެއިންވެސް ލިބޭނެއެވެ. އަދި މިހާރުވެސް ގިނަ ފިހާރަތަކުން އަމިއްލައަށް އެދިގެންވެސް ފޮނި ފޯއް ގެންދާކަން އޭނާ ފާހަގަކުރިއެވެ.

ފޮނި ފޯއް ގަންނަން ބޭނުންވާ ފަރާތްތަކުންނާއި އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަމްބަރަކީ 7901040 އެވެ