ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލެޓުންތަކެއް އިސްތިއުފާ ދީފިއެވެ.

“ވަގުތު”އަށް އެނގިފައިވާގޮތުން އިސްތިއުފާ ދީފައި ވަނީ ހަތް ޕައިލެޓުންނެވެ. މީގެ ތެރޭގައި ސީނިއާ ހަތަރު ކެޕްޓަނުންނާއި، ދެ ކެޕްޓަނުންނާއި ދެ ފަސްޓް އޮފިސަރ ހިމެނެއެވެ.

މޯލްޑިވިއަންގެ ޕީއާރް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، އެ އެއާލައިންގެ ޕައިލެޓުންތަކެއް އިސްތިއުފާ ދެއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ޕައިލެޓުން ވަކިވެފައި ވަނީ ނޯޓިސްވެސް ދިނުމަށްފަހުގައި ކަމަށެވެ.

އަދި ޕައިލެޓުން ކެނޑިގެން ދިޔައީ އެއްފަހަރާ ނޫންކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ހަމަ އެމީހުން ވަޒީފާއިން ކެނޑެން ބޭނުން ވީމަ އެމީހުން ވަޒީފާއިން ކެނޑިފައި. އެމީހުން ނޯޓިސް ވެސް ދޭންވާ މުއްދަތުގައި ނޯޓިސްވެސް ދީފައި އެއްފަހަރާ ކެނޑިގެން ދިޔައީ އެއް ނޫން ޕައިލެޓުން". މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ބޯޑް އޮތް ގޮތާ އެމީހުންނަށް ލިބޭ މުސާރަ ވެސް އެނގެ އެވެ. ސިޔާސީ މަގާމް އަކަށް ދިޔައީމަ ދައްކާނީ ސިޔާސީ ވާހަކަ އެވެ.

  2. ލުޓޭރުންގެ ސަރުކާރު

    މަޖަލަކަށްދޯ ވަޒީ ފާއިން ކެޑުނީ އެމީހުން..މިއީ ގާލާ ރައުންޑްވިއްޔާ ވައިލްޑްކާޑަކުން އަލުން ވަޒީ ފާ ހަމަޖެހޭނެ..

    7
    1
  3. ހުސޭނުބޭ

    ޕައިލެޓުންތައް އިސްތިއުފާދިނީ މުސާރަޔާ އިނާޔަތް ތައް ބޮޑުވެ ޖީބުތައް ފުރިގެން ކަމައް ބެލެވެނީ!!