ދިވެހިންނަކީ ވަރަށް ބޮޑަށް ކުޅިވަރަށް ލޯބި ކުރާ ބައެކެވެ. ފަހުގެ ބޫޓު ފަދަ ތަކެއްޗަށް އެރުމަށް ދިވެހިން އަބަދުވެސް ޝައުގުވެރިކަން ހުރެއެވެ. ބައެއް ދިވެހިން ގެންގުޅޭ ބޫޓުތަކުގައި ނަން ޖެހުމަކީ މަދުން ނަމަވެސް ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގައި އެފަދަ ހިދުމަތެއް ލިބެން ނެތުމާ ގުޅިގެން އެކަން ކުރަން ޖެހެނީ ރާއްޖެ އިން ބޭރުންނެވެ. އެއީ ވެސް ބޮޑު ހަރަދުތަކެއް ދާ ކަމެކެވެ.

ދިވެހިންގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އޮބިއޮން އިން ވަނީ މިކަމަށް ހައްލު ހޯދައި ދީފައެވެ. އޮބިއޮން އިން ވަނީ ބޫޓުގައި ނަން ޖެހުމުގެ ހިދުމަތް ފަށައިފައެވެ. މިއީ މިކަމަށް ބޭނުންވެފައި ތިބި އެތައް ބައެއްގެ އިންތިޒާރަށް ނިމުން ގެނައި ކަމެކެވެ.

އޮބިއޮންގެ އޮފިޝަލަކު "ވަގުތު" އަށް މިއަދު ވިދާޅުވީ ބޫޓުތަކުގައި ނަން ޖެހުމުގެ ހިދުމަތް ދޭން ފެށީ ހާއްސަ ޑިސްކައުންޓަކާ އެކުގައި ކަމަށެވެ. އަދި ބޫޓުގައި ނަން ޖަހަން ބޭނުން ނަމަ، އޮބިއޮންގެ ޝޯ ރޫމަކަށް ބޫޓު ހިފައިގެން ދިއުމުން އެކަން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮބިއޮން އިން ނަން ޖަހައި ދެނީ ރާއްޖެ އިން ބޭރުން މިކަން ކުރާ އަގަށް ވުރެ ވެސް މާ ބޮޑަށް އަގުހެޔޮކޮށެވެ.

މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ބަޔަކު ދޭން ފެށި ފުރަތަމަ ފަހަރެވެ.

މިވަގުތު، ބޫޓުގައި ނަން ޖަހައި ދެނީ ކަޅު ކުލަ އާއި ހުދު ފަދަ ކުލަތަކުންނެވެ.

އޮބިއޮން - މާލެ 9116349 (ވައިބާ/ވަޓްސްއެޕް)

އޮބިއޮން - ހުޅުމާލެ 9744092 (ވައިބާ/ވަޓްސްއެޕް)

މާލެ ސަރަހައްދުގައި ހުރި ފިހާރަތަކުގެ ތެރެއިން އެންމެ ފަހުގެ ފުޓްބޯޅަ ބޫޓާއި އެންމެ ގިނަ ފުޓްބޯޅަ މޮޑެލްސްތައް ލިބޭ ހަމައެކިނި ފިހާރައަކީ އޮބިއޮންއެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ނައިކް އަދި އެޑިޑަސް ބްރޭންޑްގެ ބޫޓުތައް ހިމެނެއެވެ.

އޮބިއޮން އިން ގަންނަ ހުރިހާ ބޫޓެއް މިހާރު ހިލޭ ފަހައިލެވޭނެއެވެ. އަދި އޮބިއޮން އިން ގަންނަ ބޫޓުތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މައްސަލައެއް ދިމާވާ ބޫޓުތައް ބަދަލުކޮށްދޭނެއެވެ.

އޮބިއޮން އިން އޮންލައިންކޮށް ވެސް ވިޔަފާރިކޮށްލެވޭނެއެވެ. އެގޮތުން، އޮބިއޮންގެ ފޭސްބުކް، އިންސްޓަގްރަމް ޕޭޖަށް މެސެޖްކޮށްގެން ވެސް ވިޔަފާރިކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި އޮބިއޮންގެ ވައިބަ ގްރޫޕެއް ވެސް ވަނީ ހަދައިފައެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ. ދެ ފިހާރައިގައި ހުންނަ ތަކެތީގެ ތެރޭގައި ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ހިމެނެއެވެ.

އޮބިއޮން ފިހާރަ އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ހިމެނެއެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.