ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ތަރައްގީކޮށްފައިވާ އަގުބޮޑު މިއުޒިއަމެއް ހިމެނޭ ލަގްޒަރީ ރިސޯޓް، ކޯރާ ކޯރާ މޯލްޑިވްސް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ރ. އަތޮޅެގެ މާމިގިލީގައި ހިންގާ އެ ރިސޯޓަކީ ފަސް ތަރީގެ ލަގްޒަރީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓަކީ 100 ކޮޓަރީގެ ރީތި ރިސޯޓެކެވެ. އޭގެ ތެރޭގައި ބީޗް ވިލާ، ބީޗް ޕޫލް ވިލާ އާއި ލެގޫން ވިލާ، ލެގޫން ޕޫލް ހިމެނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 45 މިނުޓް ތެރޭގައި ދެވޭ އެ ރިސޯޓް ހަތަރު ރެސްޓޯރެންޓަކާއި ދެ ބާ ހުންނައިރު، ޑައިވް ސެންޓަރަކާއި، ވޯޓާ ސްޕޯޓް ސެންޓަރެއްގެ އިތުރުން،ޖިމަކާއި، ސްޕާ އަދި ކިޑްސް ކްލަބެއް ހުންނާނެއެވެ.

އެ ރިސޯޓްގެ ވެބްސައިޓްގައިވާގޮތުން ކޯރާކޯރާ މިއުޒިއަމްގެ ނަމުގައި އެ ރިސޯޓްގައި ދިވެހި ސަގާފަތް ދައްކުވައިދޭ މިއުޒިއަމެއް ތަރައްގީ ކޮށްފައިވެއެވެ. އެގޮތުން އެ މިއުޒިއަމްގައި ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ކުރީގެ އުފެއްދުންތަކާއި، ކުރީ ޒަމާނުގައި ރާއްޖޭގައި އުޅުނު މީހުންނާއި ގުޅުން ހުރި އުފެއްދުންތަކާއި، 120 އަހަރުވީ ކުުރީގެ ގެއެއްވެސް އެ ރިސޯޓްގެ މުއިޒިއަމްއަށް ގެނެސް އަލުން ރާވައި ދިވެހި ވަންތަ ގޮތަކަށް ފަރުމާކޮށްފައި ވެއެވެ. އަދި އެ ރިސޯޓްގެ ލޮބީގައި ކުރީ ޒަމާނުގެ އުފެއްދުންތަކުގެ ފޮޓޯތައްވެސް ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

މި ރިސޯޓް ހުޅުވާނެ ކަމަށް ބުނެފައި ވަނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލިބެ

    ތިތަނުންފެންނާނީ ރާއްޖޭގެސަގާފަތެއްނޫން ތިތަނުންފެންނާނީ ބަންގާޅު ސަގާފަތް ތިތާގަވެސް ގިނައީ ބަންގާޅިން

    3
    1