ހުޅުމާލޭގެ ފޭސް ދޭއްގައި ކުރީ ސަރުކާރު ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކަށް ހާއްސަ އެލުމީނިއަމް ދޮރާއި ދޮރުފަތް، އަދި ކޮޓަރިއަށް ހާއްސަ ލަކުޑި ދޮރު އެއްތަނަކުން ހޯދަން ބޭނުން ނަމަ އެކަމަށް އޮތް ހައްލަކީ ފަހި އެލުމީނިއަމްއެވެ.

ފަހި އެލުމީނިއަމްއަކީ މީގެ އެތައް އަހަރެއް ކުރިން އެ މަސައްކަތަށް ނުކުތް ތަޖުރިބާ ހުރި، ކަމަށް ގާބިލް ޓީމެކެވެ.

ފަހި އެލުމީނިއަމް ތައްޔާރުކޮށްފައިވާ ގޭޓު ދޮރެއް

އެ ކުންފުނިން ހިޔާ ފްލެޓްތަކަށް ހާއްސަކޮށް އެލުމީނިއަމް ދޮރާއި، ދޮރުފަތް އަދި ލަކުޑި ދޮރުތައް ހަދާފައި ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ.


އެ ކުންފުނިން ބުނެފައިވާގޮތުގައި، މިހާރުވެސް ހިޔާ ފްލެޓުގެ އެތައް ޔުނިޓެއްގައި ފަހި އެލުމީނިއަމުން ވަނީ ދޮރާއި ދޮރުފަތް ހަރުކޮށްފައެވެ.

ފަހި އެލުމީނިއަމް ޖަހާފައިވާ ގޭޓް ދޮރެއް

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަޝްހޫރު މި ކުންފުންޏަކީ އެލުމީނިއަމް ގޭޓް ދޮރު ޖެހުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި އުޅޭ ކުންފުންޏެކެވެ. ފަހި އެލުމީނިއަމްގެ އެލުމީނިއަމް ފަތި ބޯވެފައި ވަރުގަދަ ވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފަހި އެލުމީނިއަމަކީ ކަސްޓަމަރުންގެ އިތުބާރު ލިބި ފޭސްބުކް ޕޭޖުގައި އެކަނިވެސް ތިރީސް ހާހަށްވުރެން ގިނަ ފޮލޯވަރުން ތިބަ ކުންފުންޏެކެވެ.

އެ ކުންފުނިން ބުނީ، ހިޔާ ފްލެޓްތަކަށް ހާއްސަ އެލުމީނިއަމް ދޮރާއި ދޮރުފަތް، އަދި ކޮޓަރިއަށް ހާއްސަ ލަކުޑި ދޮރަށް އޯޑަރު ކުރުމަށް ގުޅާނީ 7776306 އަށް ކަމަށެވެ.

ފަހި އެލުމީނިއަމްގެ ވޯކްޝޮޕް ހުންނަ ސަރަހައްދުގެ ފޮޓޯއެއް

އެ ކުންފުނީގެ އޮފީސް އަދި ވޯކް ޝޮޕް ހުންނާނީ ލިލީމަގު، ޕާކިސްތާން އެމްބަސީ ކައިރި ގ.ހިޔާދޮށުގައެވެ.