ސޮއްޓިބިޒް އިން ޑަސްބިން ކޮތަޅު ކޭސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ޑަސްބިން ކޮތަޅު ނުވަތަ ކަޅު ކޮތަޅަކީ ރައްކާތެރިކަމާއެކު ނުނި އުކާލަން އެންމެ ރަނގަޅު ކޮތަޅެވެ. މިއީ ގިނަ އަދަދެއްގެ ކުނި އަޅާލެވޭ ކޮލިޓީ ރަނގަޅު ކޮތަޅެކެވެ.

ސޮއްޓިބިޒް އިން މި ކޮތަޅުގެ 36'48ގެ ކޮތަޅު ލިބެން ހުންނާނެއެވެ. މިއީ އެންމެ ބޮޑެތި ޑަސްބިންތަކުގައިވެސް ބޭނުން ކުރެވޭނެ ސައިޒެވެ.

އެ ފިހާރައިން މި ކޮތަޅު ރީޓެއިލްކޮށް އަދި ހޯލް ސޭލް ކޮށްވެސް ވިއްކާނެއެވެ. އެގޮތުން ހޯލްސޭލްކޮށް ޑަސްބިން ކޮތަޅު ކޭހެއް 1000ރ. އަށް ލިބޭނެއެވެ. ކޮންމެ ކޭހެއްގައި 250 ކޮތަޅު ހުންނާނެއެވެ.

އެ ފިހާރައިން ޑަސްބިން ކޮތަޅު ގަންނަން ބޭނުންވާ ފަރާތްތަކަށް ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7449955އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެއެވެ.

ސޮއްޓިބިޒް އިން އަންނަނީ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ވިއްކަމުންނެވެ. މީގެ ތެރޭގައި ފޯނާއި އިލެކްޓްރޯނިކްސް އާއި ބަދިގެއާއި ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ.