ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުންވެސް ދުވާލަކު ދެ ޖީބީ ޑޭޓާ ލިބުމުގެ އިތުރުން މީސް މީޑިއާ ޑޭޓާގެ އަދަދު ފަސް ގުނަ އިތުރަށް ލިބިގެން ދާނެއެވެ.

ދިރާގުން ބުނީ، ޕްރޮމޯޝަން ދުވަސްކޮޅު، ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ވީކްލީ، ސަޅި ދެ ވީކްސް އަދި ސަޅި މަންތްލީ ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާގެ އިތުރުން އިތުރު މީސްމީޑިއާ ޑޭޓާ އެ މުއްދަތަަކަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުންވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުންވަރަކަށް ގުޅާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެއެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.