ޒިއޯމީ ރެޑްމީ ފޯނުތަކަކީ ދިވެހިންގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ފޯނުތަކެކެވެ. މި ބްރޭންޑުން މިހާތަނަށް ނެރުނު ފޯނުތައް ގިނަބަޔަކަށް ކަމުގޮސްފައިވާއިރު މިއަހަރު ރެޑްމީ ނޯޓް8 ވެސް ވަނީ ބާޒާރަށް ނެރެފައެވެ. މި ފޯނު ނެރުނުތާ މާ ގިނަ ދުވަސް ނުވަނީސް ސޮއްޓިބިޒް އިން މިހާރު ވަނީ މި ފޯނުތައް ވެސް ވިއްކަން ފަށައިފައެވެ.

ރެޑްމީ ނޯޓް8 އަކީ އަގުހެޔޮވެފައި އެހާމެ ރީތި އަދި ކޮލިޓީ ރަނގަޅު ފޯނެކެވެ. އެގޮތުން، އެ ފޯނު ތައްޔާރު ކުރާ ޒިއޯމީ ބްރޭންޑަކީ މިހާރު ދުނިޔޭގެ ފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ކުންފުންޏެވެ. މި ފޯނަކީ އަތަށް ފަސޭހަ ވެފައި އެހާމެ ރީތި ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ފޯނެކެވެ.

ސޮއްޓިބިޒް އިން ރެޑްމީ ނޯޓް 8ގެ 64ޖީބީގެ ފޯނެއް ލިބޭނީ އެންމެ 3600ރ. އަށެވެ. އެ ފިހާރައިން މި ފޯނާއެކު ވޮރެންޓީވެސް ލިބޭނެއެވެ.

ރެޑްމީ ނޯޓް 8ގެ ބައެއް ފީޗާތައް

ޑިސްޕްލޭ: 6.3 އިންޗި/ ކޯނިން ގޮރިއްލާ ގްލާސް 5

އޯއެސް: އެންޑްރޮއިޑް 9.0ޕައި (އެންޑްރޮއިޑް 10އަށް އަޕްގްރޭޑް ކުރެވޭނެ)، އެމްއައިޔޫއައި12

މެއިން ކެމެރާ: 48 މެގަޕިކްސެލް (ވައިޑް)، 8 މެގަޕިކްސެލް (އަލްޓްރާ ވައިޑް)، 2 މެގަޕިކްސެލް (މެކްރޯ)، 2 މެގަޕިކްސެލް (ޑެޕްތު)

ސެލްފީ ކެމެރާ: 13 މެގަޕިކްސެލް

ބެޓަރީ: 4000 މިލިއެމްޕަވާ

ސޮއްޓިބިޒް އިން ގަންނަ ފޯނުތަކަކީ 100 އިންސައްތަ އޮރިޖިނަލް ފޯނުތަކެކެވެ.

އެކި ރަށްރަށުގައި ތިބެގެންވެސް ސޮއްޓިބިޒް އިން ވިޔަފާރިކޮށްލެވޭނެއެވެ. އެ ފިހާރައިގެ ނަންބަރު 7750004އަށް ގުޅައިގެން ތަކެއްޗަށް އޯޑަރު ކުރެވޭއިރު ބުނާ ބޯޓަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ. އެ ފިހާރައިން އެކި ބްރޭންޑުތަކުގެ ފޯނުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.