ފާއިތުވެ ތިން އަހަރުވެސް ރާއްޖެެއަށް އެންމެ ފުރަތަމަ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ތައާރަފްކުރި ބެސްޓް ބައި މޯބައިލް އިން އައިފޯން 13ގެ ޕްރި އޯޑަރަށް ހުޅުވާލައިފިއެވެ.

ބެސްޓް ބައި މޯބައިލްއަކީ އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

އައިފޯންގެ އެންމެ ފަހުގެ އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އައިފޯން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުން ލިބެން ހުންނާނެއެވެ.

ބެސްޓް ބައި މޯބައިލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މިހާރުން ފެށިގެން އެ އައިފޯންގެ 13 ސީރީޒް އާއި އައިޕެޑް މިނި އަދި އައިޕެންޑް 9އއަށް އޯޑަރު ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޕްރި އޯޑަރަށް ހުޅުވާލާއިރު، މިހާރު އިއުލާނުކޮށްފައިވާ އަގުތަކަށް މި މަހުގެ 28 ވަނަ ދުވަހު ފޯން ލިބޭނީ ޕްރި އޯޑަރުކޮށްފައިވާ ކަސްޓަމަރުންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އިތުރުން، އައިޕެޑް މިނި 6 އައިޕެޑް 9ތް ޖެނަރޭޝަން އަށްވެސް ޕްރި އޯޑަރަށް ހުޅުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ފިހާރައިން މި މަހުގެ 28 ހިސާބު ފޯނު ލިބޭއިރު، ފަހުން މި ފޯންތައް ލިބޭނެ އަގުތައް އިއުލާނު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި އަހަރު އެޕަލް އިން ތައާރަފްކޮށްފައި ވަނީ އައިފޯން-13 މިނީ އާއި އައިފޯން-13 އާއި އައިފޯން-13 ޕްރޯ އަދި އައިފޯން-13 ޕްރޯ މެކްސްއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.

ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.