ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާ ކޮށްލަން ބޭނުންވެފައި ތިބޭ ބައެކެވެ. އަބަދުވެސް ތަފާތު އުފެއްދުންތަކުގެ އަޖުމަ ބަލައެވެ. މިއީ ދިވެހިން ވަރަށް ގިނައިން ކުރާކަމެކެވެ. މިގޮތުން ހެނދުނު ނާސްތާއަށް ނުވަތަ ހަވީރުގެ ސަޔަށް މިހާރު ގިނަބަޔަކަށް ބޭނުން ކުރާ އެއް ޕްރޮޑަކްޓަކީ ގުރުމެކްސް ކްރީމެވެ.

މިއީ ޕާނާއި ޖަހައިގެން ކާލަން އެއްވަނައިގެ ކްރީމެކެވެ. ރަހަ ތަފާތުވެފައި އެހާމެ މީރެވެ. ދިވެހިންގެ ތެރޭގައި މި ކްރީމް މަޝްހޫރުވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.

މި ކްރީމްގެ ދެ ވައްތަރެއް މިހާރު ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އެއީ ހެޒަލްނަޓް ކްރީމް އަދި ކޮކޯ ހުންނަ ވައްތަރަކާއި، ޒަލްނަޓް ކްރީމް ކިރު އަދި ކޮކޯ ހުންނަ ވައްތަރެވެ. މި ދެ ވައްތަރުވެސް އެހާމެ މީރެވެ.

މި ކްރީމްގެ ކުޑަފުޅި އަދި ބޮޑު ފުޅި ލިބެން ހުންނާނެއެވެ. 350 ގްރާމްގެ ފުޅިއަކާއި، 200 ގްރާމްގެ ފުޅިއެކެވެ. ވަރަށްވެސް ހެޔޮއަގެއްގައި ލިބޭ މި ކްރީމް ބޭނުން ކުރާ ގިނަ ފަރާތްތަކުން ބުނަނީ ވަރަށް މީރު ކަމަށެވެ. އަދި މިއީ ތަފާތު ކްރީމެއްކަންވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މި ކްރީމަކީ ތުރުކީގެ އުފެއްދުމެކެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މި ކްރީމް ވިއްކަމުންދާއިރު، ރާއްޖެއަށް މި ކްރީމް ވިއްކަމުންދާތާ ވާނީ އަހަރެއް ވެފައެވެ. މާލެ އާ އަތޮޅު ތެރެއިން މި ކްރީމް ލިބެން ހުންނާނެއެވެ. މާލެ އިން މި ކްރީމް ހޯލް ސޭލްކޮށް ލިބެން ހުންނާނީ ބާޒާރުމަތީ ހުންނަ ފަލްކާ ފިހާރަ އިންނާއި، ނޯތް ހާބަރުގައި ހުންނަ ދޯނި ޝޮޕްއިންނެވެ.

ދޯނި ޝޮޕް އިން ނޯތް ހާބަރު ކައިރިއަށް ލަފާ ބޯޓުތަކަށް މި އުފެއްދުން ސަޕްލައިވެސްކޮށްދޭނެއެވެ.

ކުރިއަށް އޮތްތަނުގައި ގުރުމެކްސް ބްރޭންޑްގެ އެހެނިހެން އުފެއްދުންތައް ރާއްޖެއިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މި ކްރީމްގެ ސްޓްރޯބެރީ ފެލޭވަރ އަދި ބަނަނާ ފްލޭވާ ވަރަށް އަވަހަށް ރާއްޖެއަށް ތައާރަފް ކުރާނެއެވެ.