ރާއްޖޭގެ ގައުމީ އެއާލައުން، މޯލްޑިވިއަންއިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން، އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މޯލްޑިވިއަނުން މިއަދު ބުނީ، އެ އެއާޕޯޓުން އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު، ފުރަތަމަ ދަތުރު އޮންނާނީ އޮކްޓޯބަރު 21 ގައި ކަމަށެވެ. އަދި އޭގެ ފަހުން ނިއުދިއްލީއަށް ކުރާ ދަތުރު ހަފްތާއަކު ތިން ދުވަހު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

"މާފަރުން ދަތުރު ކުރާނީ އަންގާރަ، ބުރަސްފަތި އަދި ހޮނިހިރު ދުވަހު، މާފަރުން ދިއްލީއަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓްގެ ފެށޭ އަގަކީ 285 ޑޮލަރު، ނިއުދިއްލީން މާފަރަށް ދެކޮޅި ޓިކެޓްގެ ފެށޭއަކީ 312 ޑޮލަރު".

މިއީ ކޮވިޑް-19އަށް ފަހރު މޯލްޑިވިއަން އިން ފަށާ ބައިނަލްއަގްވާމީ ފުރަތަމަ އައު ރޫޓްކަން ފާހަގަކޮށްލަން ޖެހެެއެވެ.

މި ދަތުރުތަކަށް ހުޅުވާލުމާއެކު މޯލްޑިވިއަންވެ ވެސްބައިޓާއި އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު