ކެތޭ ޕެސެފިކް އެއާވޭސް ގެ އެއާޕޯޓް ސާރވިސް މެނޭޖާ އެންޑް ޕޯރޓް ލީޑްގެ މަގާމަށް ހާރިޝް ކިރަން ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހާރިޝް ކިރަން ހަމަޖެއްސިއިރު އޭނާ ދިޔައީ ކެތޭ ޕެސެފިކް އެއާވޭސް އެއާޕޯޓް ސާވިސްގެ ޓީމް ލީޑުކުރުމުގައި 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަރަކާތްތެރިވަމުން ކަމަށް ކެތޭ ޕެސެފިކް އެއާވޭސް އިން މައުލޫމާތު ދެއެވެ.

ކެތޭ ޕެސެފިކް އެއާވޭސް އިން ހާމަކުރި ގޮތުގައި ހާރިޝް ކިރަން ގެ ލީޑާޝިޕް ގެ ދަށުން އެއާލައިންގެ އެއާޕޯޓް ސާރވިސް މެނޭޖާ އެންޑް ޕޯރޓް ލީޑް ގެ ހިންގުން ހަރުދަނާ ވެގެންދާނެއެވެ.

ހާރިޝް ވަނީ މީގެ ކުރިން އިންޑިޔާގައި ހުންނަ ބުރިޓިޝް އެއާވޭސްގެ އޮފީހުގައި ވެސް މަސައްކަތް ކޮށްފައެވެ. ކާގޯ، އެއާޕޯޓް ސާވިސް ، އޮޕަރޭޝަން ،ރޭމްޕް އޮޕަރޭޝަންގަ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ހާރިޝް ކިރަން ވަނީ ކޮމާސް އިން ބެޗިލާސް ހާސިލް ކުރައްވާފައެވެ.

ކެތޭ ޕެސެފިކް އިން އަންނަނީ 2013 އޮކްޓާބަރު މަހުން ފެށިގެން ހޮންކޮންގް އިން ރާޢްޖެއަށް ދަތުރު ކުރަމުންނެވެ. ދުނިޔޭގެ 200 މަންޒިލަށް އެ އެއާލައިން ދަތުރު ކުރަމުން އަންނަ އިރު އެ އެއާލައިން އިން އަންނަނީ އޭޝިއާ، ދެކުނު އެމެރިކާ، އޮސްޓުރޭލިއާ، ޔޫރަޕް އެފްރިކާއަށްވެސް ދަތުރުތައް ކުރަމުންނެވެ.

ކެތޭ ޕެސެފިކް އެއާވޭސް ގެ އެއާޕޯޓް ސާރވިސް މެނޭޖާ އެންޑް ޕޯރޓް ލީޑް މޯލްޑިވްސް ގެ މަގާމަށް ހާރިޝް ކިރަން ހަމަޖެއްސިއިރު މިއަދު ވަނީ އެއާލައިންގެ މުޅިން އާ އޮފީހެއް މާލޭގައި ހުޅުވާފައެވެ.

ކެތޭ ޕެސެފިކް ގެ އާ އޮފީސް ހުންނަނީ ހެންވޭރު އީސްޓް ލައިޓް އަމީރު އަހުމަދު މަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު