ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ އެންމެ މަގުބޫލު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަ ޖައްސައިފިއެވެ. އަދި މީގެ އިތުރުން މުޅިން އާ ޕެކޭޖެއްވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް ވަނީ އިތުރުކޮށްފައިއެވެ. މި އައި ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް ވާނީ އިތުރުކޮށްފައި ކަމަށް ދިރާގުން ބުނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސްއެމްއެސް އަކުން އަންގައި ދިނުމުގެ އިންތިޒާމު ވަނީ ކަސްޓަމަރުންނަށް ނުހަނު ލުއި ފަސޭހަ ވާނެ ފަދަ ގޮތަކަށް ހަމަޖައްސާފައެވެ. އެގޮތުން އެސްއެމްއެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއިއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަރ ކޮށް ބެލެހެއްޓޭނެއެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށްވެސް އިންޓަރނެޓް ޔޫސޭޖް ބެލޭނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖު ތަކަށް އައި ހެޔޮ ބަދަލާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް ގެ އެޑް އޮން ނުވަތަ ބޫސްޓަރ ތަކަށްވެސް ވަނީ ކުރި އެރުން ތަކެއް ގެނެސްފައި އެވެ. އެގޮތުން ހުރިހާ ބޫސްޓަރ އެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައެވެ. އަދި ހަމަ އެއާއެކު، މިހާރުގެ 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓަރ މިހާރު ލިބިގެން ދާނީ އެންމެ 790 ރުފިޔާ އަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގެގައި އެންމެ ގިނަ ޑޭޓާ އެލަވަނަސް ފޯރުކޮށްދޭ ނެޓްވޯކަކީ ދިރާގެވެ.

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބަރ 5 އެމްބީޕިއެސްގެ ޕެކޭޖެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަރގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

ދިރާގު އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު

    ކޮންތާކު! ހަމަ މޮޅުވާހަކައެއް ޖަހާލީއޭތި. އަޅުގަނޑު ބޭނުންކުރިން އާރް.އޯ.އެލް ، ދިރާގު އަދި އުރީދޫވެސް. ހަމަ އުރީދޫ އެންމެ ރަނގަޅީ! މައްސަލަ ޖެހޭވަރުވެސް މަދުވާނެ ސްޕީޑްވެސް ކޮންސިސްޓެންޓު. އަންލިމިޓެޑްގަ އެލަވަންސް ހަމަވެގެން އުޅޭކަށް ނުޖެހޭނެ.

  2. ގަޅިބެ

    ޟުކުރިއްޔާ ވވވވ ބޮޑައް..

  3. ރައުސުލްމާލު

    ހިލޭ ދިނަސް ދިރާގު ހިދުމަތެއް ބޭނުމެއްނޫން.

  4. ކަޅު ހަސަނު

    ދިރާގަކީ ރާއްޖޭގެ ނަމްބަރ ވަން ސްކޭމަރ. 10 އެމް ބީ ޕީ އެސް ގެ މާނަޔަކީ އެއްމެ ހަލުވި ވެގެން ލިބޭނީ އެވަރޭ. 1 ކޭބީޕީއެސް ވެސް ލިބިދާބެ ބައެއް ގަޑި ގަޑީގަ. އާއްމު ގޮތެއްގަ ލިބޭނީ 1 އެމްބީޕީއެސް އަށް ވުރެ ދަށްކޮށް. ކިތަންމެ ބޮޑު ޕެކޭޖެއް ނެގިޔަސް މަހުގެ ފަހު ދިހަޔަށް އެޅެން ވާއިރަށް ފެއަރ ޔޫސޭޖް އެލަވަންސް ހަމަވާނެ. އެ ހެޔޮ ކިތަންމެ މަދުން ބޭނުން ކުރިޔަސް. ބޭނުމަކީ އެބުނާ ބޫސްޓަރ ޕެކް އެއް ނެގުވުން. މީ ހަގީގަތް.

  5. ކަޅު ހަސަނު

    ދިރާގަކީ ރާއްޖޭގެ ނަމްބަރ ވަން ސްކޭމަރ. 10 އެމް ބީ ޕީ އެސް ގެ މާނަޔަކީ އެއްމެ ހަލުވި ވެގެން ލިބޭނީ އެވަރޭ. 1 ކޭބީޕީއެސް ވެސް ލިބިދާބެ ބައެއް ގަޑި ގަޑީގަ. އާއްމު ގޮތެއްގަ ލިބޭނީ 1 އެމްބީޕީއެސް އަށް ވުރެ ދަށްކޮށް. ކިތަންމެ ބޮޑު ޕެކޭޖެއް ނެގިޔަސް މަހުގެ ފަހު ދިހަޔަށް އެޅެން ވާއިރަށް ފެއަރ ޔޫސޭޖް އެލަވަންސް ހަމަވާނެ. އެ ހެޔޮ ކިތަންމެ މަދުން ބޭނުން ކުރިޔަސް. ބޭނުމަކީ އެބުނާ ބޫސްޓަރ ޕެކް އެއް ނެގުވުން. މީ ހަގީގަތް. ހަމަ ނަންބަރ ވަން ސްކޭމަރ.

  6. ޒާ

    ކަސްޓަމަރުންގެ ބޯކާލަން ފާޑު ފާޑުގެ ވާހަކަ ދިރާގުން ނުފެތުރުން އެދެން. އަހަރެންގެ ނެތީ 600 ރުފިޔާއަށްވުރެން މަތިނުވާނެ ޕެކޭޖެއް. އެކަމަކު ކޮންމެ މަހަކު ބިލްކުރަމުން ގެންދިޔައީ 1000 ރުފިޔާ. އެހެންވެ ބިލް ނުދައްކާ މަޑުކޮށްލީމާ ފޯނު ކަނޑާލި. ދެމަސްކޮށްފައި އަލުން ބިލްދައްކަން ދިޔައިމާ 6000 ރުފިޔާގެ ބިލަށް ދައްކަން ޖެހުނު. ބުނީ ފޯނު ކަނޑާލިއަސް މަހުގެ ކުރިޔަށް ބިލްކޮށްފައިވާނެކަމަށް. މިހިރީ ފޭރޭވަރު.

  7. ނުނަށްވަރު

    ސާބަހޭ ދިރާގް ތީ ހަމަ މި އޭސިއާ ގެ އެއްވަނަ .ސޯ ޕުރަޑް އޮފް ޔޫ