ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގެސްޓްހައުސް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވަނީ، ކުރިޔަށް ޗައިނީސް އައު އަހަރު އޮތުމާއެކު، ރާއްޖެއަށް އެގައުމުން އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވާނެ ކަމަށާއި އެހެންނަމަވެސް އެޤައުމުން ރާއްޖެ ނައުމަށް އަންގާފައިވާތީ އެކަމުން ފަތުރުވެރިކަމަށް ގެއްލުން ލިބިގެން ދާނެކަމަށެވެ.

"ފެށިގެން މިދަނީ ޗައިނީސް އާ އަހަރުގެ ބަންދަށް ވާއިރު، ރާއްޖެއަށް މި ސީޒަނުގައި އާދަޔާ ހިލާފަށް ގިނައިން ޗައިނީސް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާއިރު، ޗައިނާއިން ރާއްޖެއަށް އެއްވެސް ވަރަކަށް ފަތުރުވެރިން ނުދިޔުމަށް އަންގާފައިވާތީ، މިއީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެން ދާނޭ އެންމެ ބޮޑު ގެއްލުން ކަމުގައި ދެކެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ސަމާލުވާން އެދި ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުގެ ތެރޭގައި، ޗައިނާ، އިންޑިޔާ، އިނގިރޭސީ ވިލާތް، ރަޝިޔާ، އެމެރިކާ، ކެނަޑާ، ޖަޕާން، އޮސްޓްރޭލިޔާ، ނިވްޒިލަންޑް، އައެލަންޑް، ސިންގަޕޫރު، ފްރާންސް، ޔޫއޭއީ އަދި ޖަރުމަން ހިމެނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަމަވެއްޖެ

  ގެސްޓްހައުސްވިޔަފާރި ހުއްޓާލާފަ އިހަށް ކަރަމްމެންވީ ސިޔާސީދާއިރާއާ ދުރަށްޖެހެން.. އެހެންނޫނީ ސިޔާސީދާއިރާގަ މީހެއްގެ ގޮތުގަ ފޮރޮންޓްލައިނަށް ނުކުންނަން.. ނުގުޅޭދެކަމެ އެއްފަހަރާ ނުކުރެވޭނެ.... ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރަށް ސޯޝަލްމީޑިޔާގަ ހަރަކާތްތެރިވާވަރަށްވުރެބޮޑީ މޑޕ ޕޮރޮމޯޓުކުރަން ރނަޝީދު ޕޮރޮމޯޓްކުރަން ކުރާމަސައްކަތް... ވިޔަފާރި ދައްވާތީ ނިކަންބުނެބަލަ މޑޕއާ ޖޕގެ މީހުން މަގުތަކު ޖަހާސަކަރާތާާ ރނަޝީދު ބޭރުދުނިޔޭގަ ހިންގާކަންކަން ހުއްޓާލާށޭ ..ރާއްޖެއަކީ އަމާންތަނެއްކަން ކަށަވަރުކޮއްދިނުމަށް ކުރަންޖެހޭ ކަންކަން އެމީހުންގެ ބާއިވެރިވުން މބޮޑުކުރަންޖެހޭ ...ސިޔާސީވިޔަސް ގުރުބާން ކޮއްގެންނުވާނެ ކަންތައްތަހުންނާނެ....

 2. ނުރަބޯ

  ގެސްޓްހައުސް އެސޯސިއޭޝަނަކީ ކުޑަ ސަރުކާރެއްނޫނެވެ. އެހެންވީމާ ސަރުކާރުން ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކައުތެރިކަމަށްޓަކައި ކުރާ ކަންކަން ހުއްޓުވަން ނުއުޅެ ކަލޭމެން ވެސް ސައިޒްގަ ތިބޭށެވެ.

 3. ދިވެއްސެއް

  މަޑުކޮށްލާ... މިއުވާލަނީ...

 4. ތާރީޚު ދިވެހި ރާއްޖެ.

  އެއްމެ ފުރަތަމަ ޤައުމު.!!!

 5. ސަރުދާރު

  ކުއްލި ނުރައްކަލުގެ ޙަލަތު އުވާލިޔަސް މަގުމަތީގައި އެމް.ޔޫ.އޯ އޭ ކިޔާ ބައިގަނޑު ތިޔަހެން އުޅޭހާ ދުވަހަކު ޓުވަރިޒަމްއަށް އަސަރު ކުރާނެ. ސްޓޭޓް އޮފް އިމަޖެންސީ ގެ ވާހަކަ އަށްވުރެ ބޮޑަށް ޓްރަވަލް އެޑްވައިޒަރީ ތަކުގައި ދައްކާފައި ހުރީ މުޒާހަރާއާއި ހަމަނުޖެހުން ތައް ކުރިއަށް ދާ ވާހަކަ. ޤައުމު ކުރިއަށް ގެންދަން ބޭނުންނަމަ މައިތިރިވެގެން ތިބޭ. އެހެންނޫނީ ކޮންމެ ކަމެއްގެވެސް އޭގެ އަސަރުތައް ހުންނާނެ ގޮތަށް، މުޒާހަރާ ކުރާނަމަ ތިޔަ ބޭފުޅުންގެ އާމްދަނީ އަށް އޭގެ އަސަރު ކުރާނެ

  • ހަޖަމު

   ވަރަށް ރަނގަޅުވާހަކަޔެއް ތީ

 6. ހަޖަމު

  މީދެން ކޮންބަޔެއް ކުއްލިހާލަތޭކިޔަން ! ތިކަންހުއްޓާލައިފަ މަހައްދާންވީޔެއްނުދޯ މާރަނގަޅުވާނެ އޭރުން.