ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތައާރަފްކޮށް ވިއްކާ ޗޮކޯބްލާސްޓް ށ. ކަނޑިތީމާއި، ހދ. ނޮޅިވަރަމްގައި ވިއްކަން ފަށައިފިއެވެ.

ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޗޮކޯބްލާސްޓް މިހާރު ކަނޑިތީމު އުމްބާ ފިހާރައިންނާއި ނޮޅިވަރަމް ޕެންސީ މާޓް އިން ލިބޭނެ ކަމަށެވެ.

ލިބޭ އިން މިވަގުތު އަންނަނީ ޗޮކޯބަލާސްޓްގެ ހަތަރު ސައިޒެއް (ސްމޯލް އެކްސްޓްރާ ސްމޯލް އަދި މީޑިއަމް، ލާޖް) ކަޕް ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ.

ޗޮކޯބްލާސްޓް މާލެ އިން ގަންނަން ބޭނުންވާ ފަރާތްތަކަށް 9759452 އަށް ގުޅުމުން ލިބޭނެއެވެ. އަދި މިއުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ވެސް 9759452 އިން ލިބޭނެއެވެ.

"ލިބޭ" އިން ހއ.ދިއްދޫ އާއި އައްޑޫ ސިޓީ އާއި، ހދ.ކުޅުދުއްފުށި، ހދ. ނެއްލައިދޫ އދ.މާމިގިލި، އދ. ދިގުރަށް، ހއ. ބާރަށް، ހއ. ފިއްލަދޫ، ހއ.މުރައިދޫ، ހއ.މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަމް، ހއ. ހޯރަފުށި،ހއ.އުތީމު، ށ. ނަރުދޫ، މިލަދޫ، ކ.ކާށިދޫ، ރ. ދުވާފަރު، ރ. ވާދޫ، ރ. މާކުރަތު، ރ. އިންނަމާދޫ، ރ. އުނގޫފާރު، ނ.މަނަދޫ، ގއ. ކަނޑުހުޅުދޫ، ފ.ނިލަންދޫ އާއި އއ.ރަސްދޫގެ އިތުރުން މާލޭގެ އިހުސާން ފިހާރަ، 2،1 އަދި 3، މިނިމީގެ އިތުރުން ހުޅުމާލޭ ފަހި ޕްލާޒާގައި ވެސް ޗޮކޯބްލާސްޓް ވިއްކަމުން ދެއެވެ.

ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުން ޗޮކޯބްލާސްޓް ވިއްކަން ބޭނުންވާ މީހުން 9759452 އަށް ނުވަތަ 9847791 އަށް ގުޅާލުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ލިބޭ އިން މައުލޫމާތު ދެއެވެ.