ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެއްލައިނެއްކަމަށްވާ ސްރީލަންކަން އިން ރާއްޖެއިން އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްރީލަންކަން އެއާލައިން އިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން މެލްބަން އަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން 15 ޖުލައި އަށް މެލްބަން އަށް ދިޔުމަށް ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށެވެ. މި މުއްދަތުގައި ޓިކެޓް ނަގާ ފަރާތްތަކަށް 20 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެެވެ.

ސްރީލަންކަން އެއާލައިން އިން ބުނީ، މި ޕްރޮމޯޝަންގެ ތެރޭގައި ޓިކެޓް ނަގާ ފަރާތްތަކުން 1 ސެޕްޓެމްބަރ 2018 އިން 31 މާޜިޗް 2019 އަށް އެ ޑިސްކައުންޓް އަގުގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް އޭސް އޭވިއޭޝަންސް އިންނެވެ.