އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެ އާދެވޭ ގޮތަށް އެ ގައުމުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން އިއްޔެ ބުނީ، އިޓަލީން ފަތުރުވެރިކަމުގެ މަޝްހޫރު ހަ ގައުމަކަށް ދަތުރު ކުރުމުގައި މިހާރު ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން އިޓަލީ ރައްޔިތުންނަށް ރައްޖެ، ސީޝެލްސް މާއުރީޝަސް އަދި މިސްރާއި ޑޮމިނިކަން ރިޕަބްލިކްގެ އިތުރުން، އަރޫބާއަށް ކަރަންޓީނާއި ނުލާ ދަތުރު ކުރެވޭނެެއެވެ.

ރާއްޖެއަށް ގިނަ އަދަދެެއްގެ ފަތުރުވެރިން މީގެ ކުރިން އައި އިޓަލީ ފަތުރުވެރިން ރާއްޖެ އާދެވޭ ގޮތްވުމާއެކު، އިޓަލީ ފަތުރުވެރިންނަށް ހާއްސަ ރާއްޖޭގެ ރިސޯޓްތަކަށް ދިރުން އަންނާނެ އެވެ.

އިޓަލީ ފަތުރުވެރިންނަށް ރާއްޖެ ހިމެނޭހެން ގައުމުތަކަށް އެތެރެވާން ހުައްދަ ދީފައިވާއިރު، ދާދި ފަހުން ރާއްޖެ ވަނީ އިޓަލީ ރެޑްލިސްޓުން އުނިކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    ރާއްޖޭ އޮތީ އަބަދުވެސް ހުޅުވިފައި. އިންޑިއާ ވޭރިއަންޓް އުޅޭތީ އެމީހުން މަރަށް ބިރުން ނައިސް ތިބީ.

  2. ނައިކް

    ދެން ޑޮލަރު އަގު ވެއްޓިދާނެ.. ރަޝިޔާ މީހުންނާ އިޓަލީގެ އުތުރު ސަރަހަށްދުގެ މީހުން އެކަނި ހަރަދުނކުރަނީ..