ހިތާހިތުގެ ގުޅުމެއް ފަދައިގެން އަޅުގަނޑުމެންގެ އެންމެންގެ ގުޅުން ވަރުގަދަކޮށްދިން ބައިވެރިއަކީ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)އެވެ. އެތައް ގުޅުުމަކުން އެތައް ބަޔަކާއި ގުޅުވައިދިން މި ކުންފުނީގެ ހިދުމަތްތަކުން ދިވެހިންނަށް މިއަދު ދެނީ އުފާވެރިކަމެވެ. އެކަކު އަނެކަކާއި ގުޅުވާލަދީ، އުފާވެރިކަން ދިވެހިންނަށް ހޯދައިދިނުމުގައި އިސްނެގީ ދިރާގުންނެވެ.

މިއަދު ދިރާގަށް 33 އަހަރު ފުރިގެން ދާއިރު، މިހާރު ހިދުމަތްތައް ވަރަށް ފުޅާވެއްޖެއެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ދުނިޔޭގެ ކޮންމެ ތާކަށް ގުޅާލަންވީއެވެ. އަތުގައި އޮންނަންވީ ފޯނެކެވެ.

އެކަމަކު މި ހިދުމަތް މިހާ ފުރިހަމައަށް މިހާރު ދެވެނީ އެތައް އުނދަގޫތަކާއި ހުރަސްތަކެެއް ގިރާ ކުރުމަށްފަހުއެވެ. ބޮޑު އިންވެސްޓްމެންޓެއްކޮށް އެތައް ބައެއްގެ ގުރުބާނީއާއެކުގައެވެ. 33 އަހަރު ތެރޭގައި ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް ހިދުމަތްތަކަށް ގެނެސްފިއެވެ.

އެ ކުންފުނިން ރާއްޖެއަށް މުވާސަލާތީ ހިދުމަތް ދީ، މާ ގިނަ ދުވަސްތަކެއް ނުވަނީސް ގެތަކަށް ޓެލެފޯންގެ ހިދުމަތް ދިނެވެ. މިއާއެކު އެެއް ރަށާއި އަނެއް ރަށާއި ގުޅާލެވުނެވެ. އަދި ދުނިޔެއާ ގުޅާލެވިއްޖެެއެވެ. މިއީ ބުނަން ފަސޭހަ ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުރަން ލައްކަ ގިނަ މަސައްކަތެވެ.

ދިރާގުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުން -- ފޮޓޯ: ދިރާގު

މުވާސަލާތީ ވިއުގައަކުން މުޅި ރާއްޖެ ގުޅާލެވިގެން ދިއުމާއެކު ހުޅުވާލެވިގެން ދިޔައީ އެތައް ދާއިރާގެ ދޮރުތަކެވެ. އިޖްތިމާއީ އިގްތިސޯދީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ދޮރުތަކެވެ. ކޮންމެ މަސައްކަތެއްގެ ކާމިޔާބީއަކީ "ކޮމިއުނިކޭޝަން" ކަމަށް ވާއިރު، އެ ކޮމިއުނިކޭޝަން ރާއްޖެއަށް ފުރަތަމަ ހޯދަދިން ބައިވެރިއަކި ދިރާގެެވެ. މިއަދު އެ ހިދުމަތުގައި 33 އަހަރު ފުރިގެން ދަނީ، އެތައް ގޮތަކުން އަހަރުމެންނަށް "ކޮމިއުނިކޭޓް" ކުރެވޭނެ ފަދަ ވަސީލަތްތައް ފޯރުކޮށްދީފައެވެ. ފޯނާއި އިންޓަނޭޓްގެ ޒަރިއްޔާއެވެ.

މިއަދު އޭޝިއާ ބައްރުގައި މުވާސަލާތީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު އެއާއި ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖަކީ އޭޝިއާ ސަރަހައްދަށް ހުރި ނަމޫނާއެކެވެ. ސަބަބެެއް ނެތިއެއް ނޫނެވެ. އޭގެ އެއް ހެއްކަކީ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައް އޭޝިއާ ބައްރުން ފުރަތަމަ ތައާރަފް ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. މިކަން ފުރަތަމަ ރާއްޖެއަށް ތައާރަފް ކުރި ކުންފުންޏަކީ ދިރާގެެވެ.

ދިރާގު މުވައްޒަފުންތަކެއް

ދިރާގުގެ ހިދުމަތްތައް މުޅި ރާއްޖެއަށް!

ބަދަލުވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީއަށްވެސް ބަދަލުތަކެއް އަންނަމުންދާއިރު، އެ ބަދަލުތައް ދިވެހިންނާާއި ހަމައަށް ގެނެސްދިނީ ދިރާގުންނެވެ.

އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފޯރުކޮށްދީފައެވެ. މިހާރު 5ޖީ ހިދުމަތް ދޭންވެސް ވަނީ ފަށައިފައެވެ. އަދި ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ހިދުމަތް ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް ދޭން ފަށާފައިވައިރު، މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭގެ އިތުރުން ދިރާގު ޓީވީ ހިދުމަތް ރާއްޖޭގެ %77 ގޭބިސީއަށް ފޯރުކޮށްދީފައިވާއިރު، ގިނަ އާ ޗެނަލްތައް މިހާރު ލިބެެއެވެ.

ދިރާގުން އަބަދުވެސް ކަސްޓަމަރުންނަށް އުފާވެރިކަން ގެނެސްދިނުމުގައި މަސައްކަތް ކުރަމުންދާއިރު، ހިދުމަތްތައް ރަނގަޅު ކުރުމުގައި ނަމޫނާ ދައްކަމުން ދެއެވެ. އަދި ކަސްޓަމަރުންގެ ބޭނުންވާ ބަދަލުތައް ވެސް ހިދުމަތައް ގެންނަމުން ދެއެވެ.

މިހާރު ދިރާގުން އެންމެ ބޮޑު އެންމެ ހެޔޮ ބަދަލުތައް ގެނެސްފައިވަނީ އެކި ހިދުމަތްތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އެގޮތުން ދިރާގުގެ ފިކްސް ބްރޯޑްބޭންޑްގެ ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފަައިވެއެވެ. ދިރާގުގެ ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް އާ ޕެކޭޖްތަަކާއި ޕޯސްޓްޕެއިޑް އަށް ހާއްސަ ޕްލޭންތަކެއްވެސް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ.

ދިރާގުން މުވައްޒަފުން މަސައްކަތުގައި

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރގެ ބަސް!

ދިރާގުގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތަކުގެ ސަބަބުން ރާއްޖެއަށް އިތުރު ތަރައްގީ ފާގަތިކަން ގެނެސްދިނުން ކަމަށް ކުންފުންޏަށް 33 އަހަރު ފުރުމާއި ގުޅިގެން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިސްމާއިލް ރަޝީދު ދެެެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"ދިރާގަކީ ކަސްޓަމަރުންގެ އިހުސާސްތައް ދެނެގަނެ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާތަކަކާއި ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ އަދި މުޅި ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރަމުންދާ ދިވެހި ކުންފުންޏެއް" ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޓަނޭޓްގެ ސްޕީޑް ހަލުވިކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަަކައި، ރާއްޖެ ދުނިޔެއާ ގުޅާލުމަށް ދިރާގުގެ ބޮޑު ހިއްސާއަކާއެކު މިއަދު ދެވަނަ ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ.


"ރާއްޖެއާއި ގްލޯބަލް އިންޓަނޭޓާއި ވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރެވެމުންދާކަން މިއަދު އަޅުގަނޑު ފާހަގަކުރަން" ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގަކީ 99 އިންސައްތަ ދިވެހި މުވައްޒަފުންނާއެކު މަސައްކަތް ކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު