އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު އިއްޔެ ހުޅުވައިފިއެވެ.

މާލެ އަތޮޅުގައި އަލަށް ހުޅުވި މި ރިސޯޓަކީ 137 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓަށް މިހާރުވެސް ފަތުރުވެރިން އަންނަން ފަށާފައިފާއިރު، އިއްޔެ އެކަމަށް ހާއްސަކޮށް ހަރަކާތެއް ކުރިއަށްދިޔައެވެ.

އެގޮތުން ރިސޯޓު ހުޅުވުމުގެ ގޮތުން އެ ރިސޯޓުގެ މުވައްޒަފުން ވަނީ ފުރަތަމަ ފަތުރުވެރިއާށް ދިވެހި ސަގާފީ ނެށުމާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހަތަރު ތަރީގެ އެ ރިސޯޓަކީ ޑުލެކްސް ފެންވަރުގެ ރިސޯޓެކެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 50 މިނެޓުން ދެވޭނެއެވެ.

އެ ރިސޯޓުގައި އެކި ފަންތީގެ 137 ވިލާއާއެކު މީރު ކެއުންތައް ހިމެނޭ ދެ ރެސްޓޯރެންޓް ހުންނައިރު، މިއީ ހަނީމޫނަށް އަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ރިސޯޓަކަށް ވެގެންދާނެެވެ. އެއީ ހަނީމޫނަށް އެ ރިސޯޓަށް ދާ ގެސްޓުންނަށް ހާއްސަކޮށް ބައެއް ކޮޓަރިތައް ތައްޔާރުކޮށްފއައި ހުންނާތީއެވެ.

މިތަން ހިންގަމުން ދަނީ އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓްސްއިންނެވެ. އެ މީހުންގެ ދެ ރިސޯޓެއް މިހާރު ރާއްޖޭގައި ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރައީސް ޔާމީންގެ ވަޢުދަކީ މި ފަސްއަހަރުތެރޭގައި 25 ރިސޯޓް އަލަށް ހެދުން! މަށަށްހީވަނީ މިހާރު އެއަށްވުރެ ގިނަވެއްޖެހެން! 90ހާސް ވަޒީފާ އުފެއްދުން! އަދި ހމައެއްނުވޭ! ރާއްޖޭގައިތިބެގެން ބޮޑަތިބަލިތކަށް ފަރުވާކުރެވުން! ފުރިހަމަވެއްޖެ!

  2. ޗުއްޓީތަކާޢި ގުޅިގެން ދިވެހިނަށް ޙާއްޞަ އަގުހެޔޮ ޕެކޭޖްތަކެއް ނެތްބާ؟