ބަންކާގެ ނަމަކީ ދިވެހިންނަށް އާނަމެއް ނޫނެވެ. މޯބައިލް ފޯނު ވިއްކުމުގައި އެކުންފުނިން ވަނީ ދިވެހިންގެ އިތުބާރު ހޯދާފައެވެ. ބަންކާގެ ކުޑައިގެ ދަށުން ހިންގަމުންއަންނަ ފިހާރަތަކުގެ އުފެއްދުންތަކާއި މެދު ކަސްޓަމަރުން ސުވާލު ނުއުފައްދަނީ ލިބިފައިވާ އިތުބާރު ބޮޑުކަމުންނެވެ. މޯބައިލް ފޯނު ވިއްކުމުގައި މަޝްހޫރު ވިޔަފާރި މިހާރު އިތުރަށް ފުޅާކޮށް ހުޅުމާލޭގައި ވަނީ ބަންކާ މެކްސްގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ.

bunka

މީގެ މަހެއްހާ ދުވަސް ކުރިން ބަންކާ މެކްސް ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ފިހާރައިން ތަފާތު ވައްތަރުތަކުގެ ގިނަ އިލެކްޓްރޯނިކް ސާމާނު ލިބޭނެ އެވެ. ތަފާތު ބްރޭންޑްތަކުގެ މޯބައިލް ފޯނުގެ އިތުރުން ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް ބަންކާ މެކްސް އިން ލިބޭނެއެވެ.

ބަންކާ މެކްސް އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އަވަނާއި، ދޮންނަމެޝިނާއި، ރައިސްކްކަރާއި، އުނދުން ފަދަ ސާމާނު ވެސް ހިމެނެއެވެ. "މިފިހާރަ ހުޅުވުމުގެ އެންމެ ބޮޑު މަޤްސަދަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. ރާއްޖޭގެ ބާޒާރުގައި މިތަކެތީގެ އަގުތައް ހުރި ވަރާއި ބަލާއިރު އަޅުގަނޑުމެންނަށް ޔަގީންކަން ދެވޭނެ ބަންކާ މެކްސްއަށްވުރެ އަގުހެޔޮކޮށް މިތަކެތި ލިބޭނެ ތަނެއް ނުހުންނާނެ." ބަންކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

bunka

ބަންކާ މެކްސް އިން ވިއްކަން ހުރި ހުރިހާ އައިޓަމެއްގެ ވެސް އެކި ބްރޭންޑްތަކުގެ އެކި ފެންވަރުގެ އެއްޗެހި އެބަހުއްޓެވެ. އެހެންކަމުން ލިމިޓެޑް ބަޖެޓެއްގައި ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބަންކާ މެކްސް ވެގެން ދާނީ ވަރަށް ބޮޑު އެހީތެރިއަކަށެވެ.

"ހުރިހާ ފަރާތްތަކެއްގެ ބަޖެޓަށް ވެސް ފެތޭނެ އުފެއްދުންތައް އަޅުގަނޑުމެންގެ ފިހާރައިން ލިބޭނެ. މޯބައިލް ފޯނުން ފެށިގެން ގޮސް އުނދުނާއި ދޮންނަ މެޝިންގައި ވެސް ހުންނާނެ ތަފާތު އެކި ވައްތަރުތަކުގެ އުފެއްދުންތައް. އަގުހެޔޮ ނަމަވެސް އެފަދަ އުފެއްދުންތަކުގެ ވެސް ކޮލެޓީ އާއިމެދު ސުވާލެއް ވެސް ނުއުފެދޭނެ ބްރޭންޑްތަކުގެ އުފެއްދުންތައް މިފިހާރައިން ލިބިގެން ދާނެ." ބަންކާގެ އޮފިޝަލް ވިދާޅުވިއެވެ.

bunka

ބަންކާ މެކްސްގައި އައިފޯން-13 އިން ފެށިގެން އެންމެ ހެޔޮ އަގުގައި ލިބޭ ބަޖެޓް ފޯނުތައް ވެސް ހުންނާނެއެވެ. މީގެ އިތުރުން އެކި ސައިޒްގެ ޓެބްލެޓާއި އަދި ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުން ކުރެވޭނެ ޑިޖިޓަލް ވޮށިފިލާ ވެސް އެފިހާރައިން ލިބެން ހުންނާނެއެވެ.

ބަންކާގެ ފިހާރަތަކުން ބައްލަވައި ގަންނަ ހުރިހާ އެއްޗެއް ވެސް މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވާ ކޮށްދޭނެއެވެ. ޑެލިވަރީ ކުރުމަށް އިތުރު ފީއެއް ނުނަގާނެއެވެ. ބަންކާ މެކްސް އާއި ގުޅޭނެ ނަމްބަރަކީ 3354777 އެވެ.