މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުން ފެސިލިޓީ މެދުވެރިކޮށް، ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރއިން ވިއްކާ ހޮންޑާ ޕަވާ ޕްރޮޑަކްޓްތައް ލިބޭނެ ކަމަށް ޝީޝާ އިން ބުނެފިއެވެ.

ޝީޝާއަކީ ހޮންޑާގެ އެންމެ ފަހުގެ ސައިކަލުތަކާއި، ޕަވާ ޕްރޮޑަކްޓަތައް އެންމެ އަވަަހަށް އަދި އެންމެ ފަސޭހައިން ލިބޭނެ ކުންފުންޏެވެ. އެ ކުންފުނިން ހޮންޑާ ބްރޭންޑްގެ ސައިކަލާއި، ޕަވާ ޕްރޮޑަކްޓްތަކުގެ އިތުރުން، ސްޕެއާ ޕާޓްސްވެސް ލިބެން ހުންނާނެއެވެ. އަދި ސައިކަލު ސާވިސްވެސް ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.

ޝީޝާ އިން މައުލޫމާތު ދޭ ގޮތުގައި ހޮންޑާ ސައިކަލާއި އަދި ޕަވާ ޕްރޮޑަކްޓާއި އެއްކޮށް މިހާރު ސައިކަލު ސްޕެއާ ޕާޓްސް އާއި ސާވިސް ކުރުންވެސް އެމްއައިބީ އުޖާލާ ފެސިލިޓީ މެދުވެރިކޮށް ކުރެވޭނެއެވެ. ސައިކަލު ސާވިސް މި ކޮންސެޕްޓަށް ފިޓް ވަނީ ސްޕެއާ ޕާޓްސްއެއް އޭގައި އެކުލެވިގެން ކުރިއަށްގެންދާ ސާވިސްތަކަށް ކަމަށް ޝީޝާ އިން ބުނެއެވެ.

އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާދައްކާ ގޮތަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުގެމަތިން ދެވޭ ފެސިލިޓީއެކެވެ.

ޝީޝާ އިން ބުނީ، އެ ފެސިލިޓީ މެދުވެރިކޮށް ޝީޝާގެ ޕްރޮޑަކްޓްސްތަކާއި ސާވިސްތައް ލިބޭ ގޮތް ހަމަަޖައްސާފައިވާއިރު، މިއީ އެ ބޭންކާއި ޝީޝާ އިން ކަސްޓަރުންނަށް ފަސޭހައަކަށްޓައި ދޭން ފެށި ލީސިންގ ހިދުމަތެއް ކަމަށެވެ. މި ހިދުމަތަށް އެމްއައިބީ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. ނުވަތަ އޭންޓް ކިއު އެޕް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހަދައިގެން އެ ބޭންކަށް ޒިޔާރަތް ކޮށްގެން މި ހިިދުމަތަށް އެދެވޭނެއެވެ. އަދި މި ހިދުމަތަށް އެދުމަށްފަހު އެ ބޭންކުން އެޕްރޫވްވުމަށްފަހު ޝީޝާ އަށް ދުރުވުމުން ކޯޓޭޝަން ދޫކުރާނެެވެ.

ޝީޝާ އިން ވިއްކާ ހޮންޑާ ސައިކަލުގެ ޕަވާ ޕްރޮޑަކްޓްސްތަކަކީ މިހާރުވެސް ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ގިނަ ދުވަހަށް ދެމިހުންނަ ޕްރޮޑަކްޓްތަކެއް ކަމެވެ. އަދި ޝީޝާ އިން ވިއްކާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސްގެ އާފްޓާ ސޭލްސް ސާވިސް އަދި ޕީރިއޮޑިކް މެއިންޓެނެންސް ޝީޝާ އިން އީޒީ ސާވިސް ސެންޓާރުތަކުން ލިބެން ހުންނާނެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޝީޝާގެ އައުޓްލެޓްތައް ރާއްޖޭގެ ބޮޑެތި އަތޮޅުތަކުގައި ހިންގަމުންދެއެވެ.