އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި ޕްރޮމޯޓު ކުރަން ފަށައިފިއެވެ.
ހައި ކޮމިޝަނުން ވަނީ އިންޑިއާ-މޯލްޑިވްސް ރައުންޑް ޓޭބަލް "ކަނެކްޓް ޓު ޓްރެވަލް" ގެ ނަމުގައި މަޝްވަރާތަކެއް ރޭ ބާއްވައިފައެވެ.
އިންޑިއާގެ ޓުއާ އެންޑް ޓްރެވެލް އޭޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ ވަފުދެއް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ވަފްދު މި ބައްދަލުވުމަށް ފަހު އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ގުޅުވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރާނެއެވެ.
މި މަޝްވަރާތައް ފެށުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އޯޓީއެމްގެ ޗެއާމަން އަދި ސީއީއޯ ސަންޖީވް އަގަރުވާލާއި އިންޑިގޯ އެއާލައިންގެ ނައިބު ރައީސް އިޝާން މުނަވީރާ ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްވަރާތައް ހާއްސަކޮށްފައިވަނީ ޓޫރިޒަމްގެ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ލަގްޒަރީ އަދި ނީޝް ޓޫރިޒަމާއި މައިސް އާއި ގެސްޓު ހައުސް އަދި ފިލްމް ޕްރޮޑަކްޝަނެވެ.
މީގެ ތިން އަހަރު ކުރިން ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް މި ލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ. މި އަހަރުގެ ނުވަ މަސް ތެރޭގައި އިންޑިއާގެ ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފްތާއަކު 60 ފްލައިޓް އަޅައެވެ. އެއީ އެއާ އިންޑިއާ، ގޯފަސްޓް، ސްޕައި ސްޖެޓް، ވިސްތާރާ، އަދި މޯލްޑިވިއަން އެވެ. މޯލްޑިވިއަން އެއަރޯ އިން އިންޑިއާގެ ހަތް ސިޓީއަކަށް މާލެއިން ދަތުރުކުރެއެވެ. މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި މާފަރު އަދި މާމިގިލި އެއާޕޯޓުންވެސް މޯލްޑިވިއަން އަދި ފްލައިމީގެ ދަތުރު އިންޑިއާއަށް ކުރަން ފަށާނެއެވެ.
އިންޑިއާ އަދި ދިވެހިރާއްޖޭ އެއާބަބްލް އެއްބަސްވުން ގާއިމްކުރެވުނު ހިސާބުން އިންޑިއާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ. ތިންވަނަ ގައުމަކަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންގެ ޓްރާންސިޓް މަންޒިލަކަށް ރާއްޖެވުމުގެ ސަބަބުން ކޮވިޑް-19 ބަލިމަޑުކަމުގައި އެންމެ އަސަރުކުރި ގެސްޓްހައުސް ތަކަށްވެސް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި މަޝްވަރާތަކާއި ދަތުރުތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓޫރިޒަމުގެ ގޮތުން ގުޅުން ބަދަހިވާނެއެވެ. އަދި އެ ގައުމުން ރާއްޖެއަށް އަަންނަ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މިޤައުމުގެ ކުރިއެރުން މުށައްލައި ފިތައިލި ބަޔަކު ކުރިއެރުމަށް ކޮށްދޭނެ ކަމެއް ނޯންނާނެ ))
ސުރުޚީއެއް: އިންޑިއާގެ މުޒާހަރާއަށް ނުކުތް މީހަކު ގެރިއެއް ކޮށިހެން ކޮށާލައިފި
އަމިއްލަ ގަވްމުގެ މިހެން ހަދާއިރު ފަހަތުގައި އޮތީ ކޮންކަމެއްތޯ ސުވާލު އުފެދޭ