އިނގިރޭސިވިލާތުގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ޕެންހެލިގޮންސް ބްރޭންޑްގެ އަތަރް އޫދް އަލް ސަބާޔާއިން ވިއްކަން ފަށަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއަކީ މިހާރުވެސް މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް ގެނެސް ވިއްކަމުން އަންނަ ބައެކެވެ.

އޫދް އަލް ސްބާޔާއިން ބުނީ ޕެންހެލިގޮންސް ބްރޭންޑްގެ އަންހެނުންނަށް ހާއްސަ އަދި ފިރިހެނުންނަށް ހާއްސަ އަތަރް މިރޭ 8:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މި ބްރޭންޑްގެ އަތަރް ތައާރަފް ކުރި ފިހަަރައަކަށް އޫދް އަލް ސަބާޔާ ވާނެެއެވެ. މިއީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބްރޭންޑެކެވެ.

މީގެ އިތުރުން އޫދް އަލް ސަބާޔާއަކީ ޓޮމްފޯޑްގެ އަތަރްގެ އެންމެ ގިނަ ވައްތަރުތައް ލިބެން ހުންނަ ފިހާރައެވެ. މިހާރުވެސް އެތަނުން އެ ބްރޭންޑްގެ 16 ވައްތަރެއްގެ އަތަރް ލިބެން ހުންނާނެއެވެ.

އަދި ކްރީޑް ބްރޭންޑުން އެންމެ ފަހުން މި އަހަރު ނެރުނު ފިރިހެނުންނަށް ހާއްސަ ވިކިންގް ކޮލާޖެން ޕާފިއުމްގެ އަތަރް މިދިޔަ ހަފްތާގައި އޫދް އަލް ސަބާޔާއިން ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ.

އޫދް އަލް ސަބާޔާއަކީ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރް ރާއްޖެއަށް ތައާރަފްކުރުމުގައި، އެންމެ ނަން ހިނގާ ކުންފުންޏެވެ. ބްރޭންޑެއްގެ ގޮތުގައިވެސް މަޝްހޫރު ވެފައިވާ އޫދް އަލް ސަބާޔާއިން އެ ބްރޭންޑްގެ އަތަރާއި، ލޯޝަނާއި، އެއާ ފްރެންޝްނާ ރާއްޖެއަށް ތައާރަފްކޮށްފައި ވެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ. އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.