ވަރަށް "ޕްރައިވެޓް"ކޮށް ރޭގަނޑު ކެއުމަކަށް ދާން ބޭނުންވޭ ހެއްޔެވެ؟ އެ ފުރުސަތު މި ދެނީ ހުޅުމާލޭގައި ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަ، ވޮޑަމުއްލާ ކެފޭ ބިސްޓްރޯއިންނެވެ. އާއިލާ ގޮވައިގެން ވިޔަސް، ނޫނީ ރަހުމަތްތެރިންވިޔަސް، ހަޔާތުގެ ބައިވެރިޔާ ގޮވައިގެން ވިޔަސް، ވަރަށް "ޕްރައިވެޓް"ކޮށް ހާއްސަ ރޭގަނޑުގެ ކެއުމަކަށް ދާން ބޭނުންވާނަމަ އެ ރެސްޓޯރެންޓްގެ އެކަމަށް ހާއްސަ ކޮޓަރި ބުކްކޮށްލާށެވެ.

ޒުވާނުންގެ މެދުގައި މިހާރުވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެ ރެސްޓޯރެންޓްގެ ހާއްސަ އެ ކޮޓަރިއަކީ 12 މީހުންގެ ޖާގައިގެ ތަނެކެވެ. އެތަނަކީ މިހާރުވެސް ގިނަބަޔަކު ކުޑަ ހަފްލާތައް ބާއްވަން ބުކް ކުރާ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އެނިވާސަރީ އާއި އުފަން ދުވަހުގެ ހަފްލާތައް ހިމެެނެއެވެ.

މި ރެސްޓޯރެންޓް އެ ކޮޓަރި ބުކްކޮށްލަން ގުޅާނީ 7651313 އަށެވެ.

ބޭނުންވާ ރަހަތަކަށް މެނޫ ތައްޔާރުކޮށްފައި ހުންނަ މި ރެސްޓޯރެންޓްގެ ކެއުންތައް ވަރަށް މީރު ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ. މި ރެސްޓޯރެންޓްގައި ޕިއްޒާ، ބާގާ، ސަބްމެރިން، ސްޕެޝަލް ސޭންޑްވިޗް ފަދަ ހާއްސަ ކެެއުންތައް ލިބޭއިރު، ހުރިހާ ވައްތަރެއްގެ ނޫޑްލްސް އާއި ރައިސްވެސް ލިބޭނެއެވެ.

މި ރެސްޓޯރެންޓަކީ ކަރޯކޭއަށްވެސް ހާއްސަ ރޫމެއް ހުންނަ ރެސްޓޯރެންޓެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ހުޅުމާލެ ހަނދުވަރީ ހިނގުން ދޭއްގައި ހުންނަ މި ރެސްޓޯރެންޓް ހުޅުވާފައި ހުންނާނީ މެންދުރު ފަހު 15:30 އިން ރޭގަނޑު 1:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރިޔަމް ނިޝާ

    ލޮލް ވޭސްޓް އޮފް މަނީ،ނަތިންގ ސްޕެޝަލް ހިއާ

  2. ސްލައިސް

    ވޮޑަމުލާއޭ؟ އެސްއޯއެފްގެ ތަނެއްތަ؟

  3. Anonymous

    މީހުން މަގުފުރައްދާން ތިއުޅެނީ........

  4. ބުރިއްކޮ

    މީހުން މަގުފުރައްދާން ތިއުޅެނީ........ތިކަހަލަތަން ތަން އިސްތިހާރު ކުރާނެކަމެއްނެތް.......