ދިވެހިންގެ ފުރަތަމަ އަތަރު ބްރޭޑް، އޫދު އަލް ސަބާޔާއިން ކަނބަލުންނާއި ގުޅޭ ވަރަށް ހާއްސަ ވަހެއް އެކުލެވިގެންވާ އަތަރު ޕާފިއުމް އަކާއި އަތަރެއް ތައާރަފްކޮށްފިއެވެ.

އެގޮތުން އަލަށް ތައާރަފްކުރެވިފައިވާ ޕާފިއުމްއަކީ ސެންސުއަލް ސަބާޔާ ޕާފިއުމްއެވެ. އަދި އަލަށް ތައާރަފްކުރެވުނު އަތަރަކީ މިސް ސަބާޔާ އަތަރެވެ.

ސެންސުއަލް ސަބާޔާ ޕާފިއުމްގެ 50 އެމްއެލް ފުޅިއެއް 699 ރުފިޔާއަށް އުޅޭއިރު އަންހެނުންނަށް ހާއްސަ ޖަޒުބާތީ ވަހެއް އެކުލެވިގެންވާ މިސް ސަބާޔާ އަތަރު އުޅެނީ 120- 240 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި އޫދު އަލް ސަބާޔާއިން ވަނީ ފިރިހެންވަންތަ ވަހެއް އެކުލެވިގެންވާ އަތަރު ޕާފިއުމްއެއްވެސް ތައާރަފްކޮށްފައެވެ. އިމްޕީރިއަލް ނަމަކަށް ކިޔާ އެ ޕާފިއުމްގެ 50 އެމްއެލް އުޅެނީ 800 ރުފިޔާއަށެވެ.

އޫދު އަލް ސަބާޔާއިން އަލަށް ތައާރަފްކުރެވުނު ޕާފިއުމް އަދި އަތަރަކީ އޫދު އަލް ސަބާޔާގެ އަމިއްލަ އުފެއްދުމެކެވެ. އަދި އެ ފިހާރައިން އައު އެތަކެއް އަތަރެއް ލިބިގެންދާނެއެވެ. އެގޮތުން ހަޔާ (ޑިއޯ)، ޕިއުއާ އެކްސް އެސް (ޕެކޯ ރަބެއްނޭ). ލަކޮސްޓޭ މެން އަދި އިމްޕީރިއަލް ބްލޫ ހިމެނެއެވެ.

އޫދު އަލްސަބާޔާއިން 50 ވުރެ ގިނަ އަތަރުގެ ބާވަތްތަށް ވިއްކާއިރު އޭގެތެރެއިން 10 ބާވަތަކީ ދިވެހިންގެ އަމިއްލަ އުފެއްދުމެވެ.

އޫދު އަލް ސަބާޔާ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9996585 ނަންބަރު ފޯނަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޭބެ

    ތަން ކޮޅެއް އަގުބޮޑުކަން ފާހަގަކުރެވޭ!!

  2. ނައިންޓީ

    ހޫނ... އަދިވެސް އަގު ބޮޑުކޮށްލާ.. ދިވެހިން އަތަކު ފައިސާއެއް ނުހުންނާނެ. ކުރާމަސައްކަތަކުން އާމްދަނީއެއްވެސް ނުލިބޭނެ. އެކަމަކު ތިޔަ ގަންނާށާ ރެސްޓޯރެންޓްތަކަށް ޚަރަދު ކުރާނެ ފައިސާ ހަމަ ބޯކޮށް ހުންނާނެ. އެހެންވީމަ ތިޔަ އަގު ބޮޑު ކުރިވަރަކަށް ހަމަ ކިޔޫޖެހިގެން ގަންނަން ދާނެ.

  3. ރެޓޭ

    ތިޔަ އަތަރުތަކަށް ރީތި ދިވެހި ނަންތަކެއް ކިޔާލިނަމަ!

  4. Anonymous

    ކުނިއަތަރު އުނގުޅީމަ ލަޑާނީ އަރަބި މުއްލާއިންގެ ވަސް