ރީތިވުމަށާއި، ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ޕްރޮޑަކްޓްސްތައް ހޯދަން ލައްކަ ތާކަށް ހިނގިއްޖެއެވެ. ބޭނުންވާ ކަހަލަ ޕްރޮޑަކްޓެއް ނުލިބުނެވެ. އެންމެ ފަހުން އެކަމާއި ހިތްހަމަނުޖެހިފައި އެތައް އިރެއްވަންދެން ހުރީމެވެ.

އެހެން ހުއްޓާ ފޭސްބުކް ހާވަނިކޮށް ފެނުނީ ރީތިވުމަށް ބޭނުން ކުރާ ގިނަ ޕްރޮޑަކްޓްތަކެއް ވިއްކަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. އެ ޕޭޖުގެ ނަމަކަށް ޖަހާފައި އިނީ "ބިއުޓީ ސީކްރެޓްސް" އެވެ. އެ ޕޭޖު ފެނުމުން ވަދެލަން ބޭނުންވިއެވެ. ބޭނުންވާ ޕްރޮޑަކްޓްސްތަކެއް އެތަނުން ލިބޭނެކަމުގެ އުއްމީދުގައެވެ.

އޭނއެކެވެ. އަހަރެންގެ ހުރިހާ އުއްމީދުތައް އާވެގެން ދިޔައީ، އެ ޕޭޖަށްވަދެ، އެ ޕޭޖުގައި ހުރި ޕްރޮޑަކްޓްސްތައް ބަލައިލުމުންނެވެ. މާލޭގައި އެއޮށް ވަރަށް ހިނގައިގެންވެސް ނުލިބުނު މި ތަކެތި މި ފޭސްބުކް ޕޭޖުގައި ލިބެން އެބަހުރިކަމަށް އެބަހުއްޓެވެ.

އެ ޕޭޖަކީ އަންހެނުންނަށާއި، ފިރިހެނުންނަށް ހާއްސަކޮށް ވަރަށް ފައިދާކުރުވަނިވި ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ޕޭޖެއްކަން ފާހަގަކޮށްލެވުނެވެ.

އެ ޕޭޖުގައި ހުރިތަކެއްޗަށް ބަލާއިރު، ބަރުދަން ލުއިކުރުމަށް ބޭނުން ކުރާ ތަކެއްޗާއި، ހަންގަނޑު ރީތިކަމާއި ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުން ކުރާ ރަނގަޅު ޕްރޮޑަކްޓާއި، ބޮލުން އިސްތަށި ފޭބުން ހުއްޓުވައި އިސްތަށިގަނޑު ރީތި ކަންމަތީ ބެހެއްޓުމަށް ބޭނުންވާ ހާއްސަ ޕްރޮޑަކްޓްތަކާއި، މޭކަޕް ކުރަން ބޭނުން ކުރާ ތަކެތީގެ އިތުރުން ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށް ބޭނުންތެރި އެތައް ޕްރޮޑަކްޓްތަކެއް އެބަހުއްޓެވެ.

އެ ޕޭޖުން އަހަރެން ގިނަ ޕްރޮޑަކްޓްތަކެއް ގެނެފީމެވެ. އަހަރެން ފުރަތަމަ ޕޭޖަށް ކޮށްލީ މެސެޖެކެވެ. 9744014/9788585 މި ދެ ނަމްބަރުން ކުރެ ނަމްބަރަކުން އަހަންނަށް ގުޅާނެކަމަށް ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން އަހަންނަށް ގުޅިއެވެ. އަދި އަހަރެން ހުރި ތަނަކަށް އަހަރެން އޯޑަރު ކުރި ޕްރޮޑަކްޓްތައް އެ މީހުން ޑެލިވަރީވެސް ކޮށްދީފިއެވެ.

އަހަރެން ގަތް ޕްރޮޑަކްޓްތައް ބޭނުން ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހަމަގައިމުވެސް އަހަރެން ބުނާނީ އެ ޕޭޖުން ވިއްކާ ހުރިހާ އެއްޗަކީވެސް ކޮލެޓީ ރަނގަޅު އަދި އެ ބޭނުން ކުރުމުން ސައިޑް އެފެކްޓެއް ނާންނަ ޕްރޮޑަކްޓްތަކެއްކަން ޔަގީނެވެ.