ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ ކްލީންޓުގްލީމް ބްރޭންޑްގެ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތަކަކާއި އެއާ ގުޅުން ހުރި އެހެނިހެން ސާމާނުތަކެއް ހެޕީ މާކެޓުން ވިއްކަން ފަށައިފިއެވެ.

އިނގިރޭސި ވިލާތުގެ އުފެއްދުމެއް ކަމަށްވާ ކްލީންޓުގްލީމްއަކީ ބޯޓު، ޔޮޓު، ސަފާރީ، ފަދަ ބޮޑެތި އުޅަނދުތައް ދޮވެ ސާފު ކުރުމަށް ހާއްސަ ކުރެވިފައިވާ ޕްރޮޑަކްޓުތަކެކެވެ.

ހެޕީ މާކެޓުން ވިއްކާ ކްލީންޓުގްލީމް ޕްރޮޑަކްޓުތަކަކީ ބޯޓު ވޮޝް، ބޯޓު ޕޮލިޝް، ރިބް ކްލީނަރ، ޓީކް ޝިލްޑް، ކެނޮޕީ ކްލީނަރ، ކެނޮޕީ ޕްރޮޓެކްޓަރު، ކެނޮޕީ ޑުއޯ ޕެކް، ސްޓެއިންލެސް ސްޓީލް ބްރައިޓްނަރ، ސްޓެއިންލެސް ސްޓީލް ކްލީނަރ، ރަސްޓް ރިމޫވާ، ބޯޓު ވެކްސް، އިންޓީރިއަ ކްލީނަރ، ގްލާސް ކްލީނަރ، ޑިއޯޑަރައިޒަރ، ގްރޭޑް 1،2،3 ސްޕޮންޖް، މައިކްރޯ ފައިބާ ކްލޯތު އަދި ތިން ސައިޒްގެ ޕްރޮޑަކްޓް ބޭގެކެވެ.

ހެޕީ މާކެޓުން ބުނީ ކްލީންޓުގްލީމްގެ އޮފިޝަލް ލޯންޗިން ހުޅުމާލެ ދެކުނު ހާބަރު ސަރަހައްދުގައި މާދަމާ ހަވީރު ކުރިއަށްދާނެ ކަމަށެވެ. މި އިވެންޓުގައި ޕްރޮޑަކްޓްތައް ބޭނުން ކުރާނެ ގޮތް ދައްކާލާނެ ކަމަށް ވެސް ހެޕީ މާކެޓުން ބުންޏެވެ.

ކްލީންްޓުގްލީމް ޕްރޮޑަކްޓުތަކާ ބެހޭ މައުލޫމާތު ހެޕީ މާކެޓުގެ ވެބްސައިޓުންނާއި [email protected] އަށް މެއިލް ކުރުމުން ލިބޭނެއެވެ.

މި ޕްރޮޑަކްޓުތައް ލިބޭނީ ވެލާނާގޭ ކުރިމަތީގައި ކެމިކަލްސް އަށް ހާއްސަކޮށް ހެޕީ މާކެޓުން ހުޅުވާފައި ހުރި ފިހާރައިންނެވެ.