ލޯންޗް ފަހަރުތަކާއި، ދޯނިފަހަރުތައް ސާފުކުރުމަށް ބޭނުންކުރާ އެންމެ ކޮލިޓީ “ކްލީންޓުގްލީމް” ބްރޭންޑްގެ އުފެއްދުންތައް ހެޕީމާކެޓުން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ އުފެއްދުމެއް ކަމަށްވާ ކްލީންޓުގްލީމް އަކީ އޮޑިދޯނިފަހަރު ވަރަށް ރަނގަޅަށް މެއިންޓެއިން ކުރެވޭނެ އުފެއްދުމެކެވެ. މި އުފެއްދުން ރަސްމީކޮށް ހެޕީމާކެޓުން ތައާރަފްކޮށްފައި ވަނީ މިއަދު ހުޅުމާލޭގަައި ބޭއްވި އިވެންޓެއްގައެވެ.
މިއިވެންޓްގައި ތަފާތު ހަތަރު ޕްރޮޓަކްޓްއެއް ބޭނުންކުރާނެ ގޮތް ވަނީ އިވެންޓައް ވަޑައިގެންނެވި ފަރާތްތަކަށް އަދި އާއްމުންނަަށް ދައްކާލާފައިވެއެވެ.
މިއިވެންޓްގައި ހެޕީމާކެޓްގެ ފަރާތުން ވާހަކަ ދެއްކެވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ، އަލްފާޞިލް އަބްދުއްލާ ނައީމްއެވެ.
ހެޕީމާކެޓުން އެތެރެކޮށް ވިއްކަމުންދާ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކްލީންޓުގްލީމްގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ބޯޓް ވޮޝް, ބޯޓް ޕޮލިޝް, ރިބް ކްލީނާރ, ޓީކް ކްލީނާރ, ޓީކް ޝީލްޑް, ކެނޮޕީ ކްލީނާރ, ކެނޮޕީ ޕްރޮޓެކްޓަރ, ކެނޮޕީ ޑުއޯޕެކް, ޓީކް ޑުއޯޕެކް, ހަލް ކްލީނާރ, ސްޓެއިންލެސް ސްޓީލް ބްރެއިޓްނާ އަދި ބޯޓް ވެކްސް ހިމެނެއެވެ.
ކްލީންޓުގްލީމް އާއި ބެހޭ ގިނަ މައުލޫމާތުތަކެއް ހެޕީމާކެޓްގެ ވެބްސައިޑް، www.happymarket.com.mv މެދުވެރިކޮށް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބާނެއެވެ.
މި ޕްެރޮޑަކްޓްތައް ލިބެން ހުންނާނީ ވެލާނާގެ ކުރިމަތީގައި ކެމިކަލްއަށް ހާއްސަކޮށް ހެޕީމާކެޓުން ހުޅުވާފައިވާ ފިހާރައިންނެވެ.
ވިއްކަންވީ ފާޑުފާޑުގެ ލައިފް ޖެކެޓް .