ލޯންޗް ފަހަރުތަކާއި، ދޯނިފަހަރުތައް ސާފުކުރުމަށް ބޭނުންކުރާ އެންމެ ކޮލިޓީ “ކްލީންޓުގްލީމް” ބްރޭންޑްގެ އުފެއްދުންތައް ހެޕީމާކެޓުން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އުފެއްދުމެއް ކަމަށްވާ ކްލީންޓުގްލީމް އަކީ އޮޑިދޯނިފަހަރު ވަރަށް ރަނގަޅަށް މެއިންޓެއިން ކުރެވޭނެ އުފެއްދުމެކެވެ. މި އުފެއްދުން ރަސްމީކޮށް ހެޕީމާކެޓުން ތައާރަފްކޮށްފައި ވަނީ މިއަދު ހުޅުމާލޭގަައި ބޭއްވި އިވެންޓެއްގައެވެ.

ކަނޑު އުޅަނދުފަހަރު ސާފުކޮށްދޭ ކްލީންޓުގްލީމްގެ އުފެއްދުންތައް - ވަގުތު އިމޭޖްސް: އަޝްހާދު

މިއިވެންޓްގައި ތަފާތު ހަތަރު ޕްރޮޓަކްޓްއެއް ބޭނުންކުރާނެ ގޮތް ވަނީ އިވެންޓައް ވަޑައިގެންނެވި ފަރާތްތަކަށް އަދި އާއްމުންނަަށް ދައްކާލާފައިވެއެވެ.

މިއިވެންޓްގައި ހެޕީމާކެޓްގެ ފަރާތުން ވާހަކަ ދެއްކެވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ، އަލްފާޞިލް އަބްދުއްލާ ނައީމްއެވެ.

ކަނޑު އުޅަނދުފަހަރު ސާފުކޮށްދޭ ކްލީންޓުގްލީމްގެ އުފެއްދުންތައް ބޭނުން ކުރާނެ ގޮތް ދަައްކާލަނީ - ވަގުތު އިމޭޖްސް: އަޝްހާދު

ހެޕީމާކެޓުން އެތެރެކޮށް ވިއްކަމުންދާ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކްލީންޓުގްލީމްގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ބޯޓް ވޮޝް, ބޯޓް ޕޮލިޝް, ރިބް ކްލީނާރ, ޓީކް ކްލީނާރ, ޓީކް ޝީލްޑް, ކެނޮޕީ ކްލީނާރ, ކެނޮޕީ ޕްރޮޓެކްޓަރ, ކެނޮޕީ ޑުއޯޕެކް, ޓީކް ޑުއޯޕެކް, ހަލް ކްލީނާރ, ސްޓެއިންލެސް ސްޓީލް ބްރެއިޓްނާ އަދި ބޯޓް ވެކްސް ހިމެނެއެވެ.

ކަނޑު އުޅަނދުފަހަރު ސާފުކޮށްދޭ ކްލީންޓުގްލީމްގެ އުފެއްދުންތައް - ވަގުތު އިމޭޖްސް: އަޝްހާދު

ކްލީންޓުގްލީމް އާއި ބެހޭ ގިނަ މައުލޫމާތުތަކެއް ހެޕީމާކެޓްގެ ވެބްސައިޑް، www.happymarket.com.mv މެދުވެރިކޮށް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބާނެއެވެ.

މި ޕްެރޮޑަކްޓްތައް ލިބެން ހުންނާނީ ވެލާނާގެ ކުރިމަތީގައި ކެމިކަލްއަށް ހާއްސަކޮށް ހެޕީމާކެޓުން ހުޅުވާފައިވާ ފިހާރައިންނެވެ.