އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަގުތީގޮތުން މާލޭގައި ސައިކަލްތަކަށް ހާއްސަ ޝެޑެއް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއެސްއެމްގެ ސޭލްސް އެންޑް މާކެޓީންގ މެނޭޖަރ އަހުމަދު ސޮބާހް (ސޮބާ) ވިދާޅުވީ، މާލޭގެ ވަށައިގެން މަގުތައް ހަދަމުން ދާތީއެކީގައި ޓްރެފިކް ޑައިވާޓްކޮށްލުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލޭޖުން ސައިކަލްތަކަށް ޕެޓްރޯލް އެޅޭނެ ގޮތް ހެދުމަށް މިއަދު އެތަނުގައި ހެދި މި ޝެޑުން މިއަދު ފަށައިގެން ސައިކަލްތަކަށް ޕެޓްރޯލް އަޅަމުން ގެންދާނެ ކަމަށެވެ.

އަދި މާދަމާ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:00 އާއި ހަމައަށް އެހެން ޝެޑްތަކޭ އެއްގޮތަށް މިތަނުންވެސް ހިދުމަތްދޭނެ ކަމަށާއި، ނަމަވެސް މިތަނުން ހިދުމަތް ދޭނީ ހަމައެކަނި ސައިކަލްތަކަށް ކަމަށް ސޮބާ ވިދާޅުވިއެވެ.

"ސައިކަލްތައް މިހާރު ގިނަވެގެން މި އުޅެނީ. ކިއު އެއްޗެހިވެސް ވަރަށް ބޮޑު. ދެން މަގުހަދަމުންދާތީއާއެކީ އޭތީ އެކޮމޮޑޭޓް ނުކުރެވޭތީއާއެކި އިންޑަސްޓްރިއަލް ވިލޭޖުގައި ވަރަށް ތަނަވެސް ޖަގާވެސް އެބައޮތް". ސޮބާ ވިދާޅުވިއެވެ.

ސޮބާ ވިދާޅުވީ، އިންޑަސްްޓްރިއަލް ވިލޭޖަކީ ސަރުކާރުންވެސް މިފަދަ ޝެޑްތައް ހެދުމަށް ނިންމާފައިވާތަނެއް ކަމަށްވާއިރު، އެ ކުންފުނީގެ ވިސްނުންވެސް އެކަމުގައި އެބަ އޮތް ކަމަށެވެ. އަދި މިއީ މިހާރު ދިމާވަގެން އުޅޭ ޝެޑްތަކުގައި ކިއު ބޮޑު މައްސަލައަށް ހައްލެއް ގެނައުމަށް ހެދި ޝެޑެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޝެޑް ހުންނާނީ އިންޑަސްޓްރިއަލް ވިލޭޖުގެ މެއިން އެންޓްރެންސްގެ ކަނާތް ފަރާތުގައެވެ. މި ޝެޑުން މިހާރު ދެ ސައިކަލަށް އެއްފަހަރާ ހިދުމަތްދެވުނުކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި ހަތަރު ސައިކަލަށް އެއްފަހަރާ ހިދުމަތް ދެވޭނެ ގޮތް ހަދާނެކަމަށް ސޮބާ ވިދާޅުވިއެވެ.

ސޮބާ ވިދާޅުވީ، ދަތިތަކެއް ނެތި ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތް ދިނުމަކީ އަބަދުވެސް އެ ކުންފުނިން ވިސްނަމުން އަންނަ ކަމެއް ކަމަށެވެ.

މިތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ދަންވަރު 12:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސީމު

    ސާބަސް އެސް ޓީ އޯ ސާބަސް ރައީސް ޔާމީނު ރައްޔިތުން ނަށް ހިދުމަތްދިނުމުގަ ތިޔަފަދަ ދެވަނައެއްނެތް ފެނޭތަ ރީދޫ ގުރުޕަށް ފެނޭތަ ފެނޭތަ ފެނޭތަ.....

  2. ޣަނީ

    އެހެންވެތޯ ކާޑުން ފައިސާ ބަލައި ނުގަންނަނީ؟

  3. ޭެފސމ

    އަސްލު ވީ ގޮތަކީ އެތަނައް ދީފަ އަޮތް މުއްދަތު ހަމަ ވާތީ ވަގުތީ ގޮތުން އަވަހަށް ތަނެއް ހަދާލީ. އެތާ ގެ ބިން އިއްޔެ ދީފަ އޮތް މުއްދަތު ހަމަވާނެ. ތިޔަ ސޮބާ އަށް ގެއްލުމާ ހަލާކު ހުރި.

  4. ނުރަބޯ

    ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ޙައްލު ހޯދައިދޭ މިސަރުކާރަކީ ހަމަ ބެސްޓް އޮފްދަ ބެސްޓް. އަދި ރައްޔިތުން މިސަރުކާރަށް ދޭ ތާއީދާ ފުރުޞަތު އެއީ ރައްޔިތުންނަށް ލިބުނު ގެއްލުމަކަށްވިޔަކަ މިސަރުކާރަކުން ނުދޭނެ.