މާސްކު ހިޔާރު ކުރާ ފަރާތްތަކުން އެކި ކަންކަމަށް ބަލައެވެ. އެގޮތުން އެމާސްކުގެ ކޮލިޓީއާއި ފަރުމާ ކޮށްފައި ހުންނަ ގޮތަށް ގިނަ ބަޔަކު ބަލައެވެ. އެފަދަ ކަންކަން ހިޔާރު ކުރާ ފަރާތްތަކަށް ބޭނުންވާ މާސްކު އެމްވީ މޮޓޯސް އިން މިހާރު ލިބޭނެއެވެ.

އެމްވީ މޮޓޯސް އިން އެކި ވައްތަރުގެ މާސްކުތައް ވިއްކާއިރު، މިހާރު ވަނީ ބުރުގާ އަޅާ އަންހެން ކަނބަލުންނަށް ހާއްސަ ޑިސްޕޯސަބަލް މާސްކު ވެސް ގެނެސްފައެވެ. މި މާސްކުގެ ތިން ކުލައެއް އެފިހާރައިން ލިބޭނެއެވެ. އެއީ ކަޅު ކުލަ، ނޫ ކަލަ އަދި ފިޔާތޮށި ކުލައެވެ.

ބުރުގާ މަތިން އަޅާ މާސްކުގެ އަގުތަކަށް ބަލާއިރު، އެ ފިހާރައިން ބުނެފައިވަނީ ކަޅު ކަލައާއި ނޫ ކުލައިގެ މާސްކު ފޮއްޓެއް ވިއްކަނީ 90 ރުފިޔާއަށް ކަމަށާއި ފިޔާތޮށި ކުލައިގެ މާސްކު ފޮއްޓެއް ވިއްކަނީ 100 ރުފިޔާއަށް ކަމަށެވެ. އަދި ކުޑަކުދިންގެ ބޮލުގެ މަތިން އަޅުވާ ކަޅު އަދި ފިޔާތޮށި ކުލައިގެ މާސްކު ފޮއްޓެއް އެފިހާރައިން ވިއްކަނީ 95 ރުފިޔާއަށެވެ.

އެފިހާރައިން ކުޑަކުދިންގެ ސައިޒާއި ބޮޑެތި މީހުންގެ ސައިޒުގެ މާސްކު ލިބޭނެ ކަމަށް ވެސް ފިހާރައިން ވަނީ ބުނެފައެވެ. ކުޑަކުދިންގެ ކަޅު ކުލަ، ނޫކުލަ އަދި ފިޔާތޮށި ކުލައިގެ ޑިސްޕޯސަބަލް މާސްކު ފޮއްޓެއް 85 ރުފިޔާއަށް ވިއްކާއިރު، ބޮޑެތި މީހުންގެ ކަޅާއި ނޫ ކުލައިގެ މާސްކު ފޮއްޓެއް ވިއްކަނީ 50 ރުފިޔާއަށެވެ. މީގެ ކޮންމެ މާސްކު ފޮއްޓެއްގައި 50 މާސްކު އޮންނާނެއެވެ. މި ހުރިހާ މާސްކެއް ވެސް ގަތުމުގެ ކުރިން އެމާސްކަކީ އެއީ އެމީހަކަށް ހެޔޮވަރު މާސްކެއްތޯ ބެލޭނެ ކަމަށް ވެސް ފިހާރައިން ވަނީ ބުނެފައެވެ.

އެމްވީ މޮޓޯސް އިން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ އަތްފޯރާ ފަށެއްގައި އެންމެންނާއި ހަމައަށް ވެސް މާސްކު ފަދަ ތަކެތި ފޯރުކޮށްދިނުން ކަމަށެވެ.

އެމްވީ މޮޓޯސް އިން ބުނީ، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭ ކަމަށާއި އައްޑޫން މާސްކު ގަންނަން ބޭނުންވާ ފަރާތްތަކަށް 7353132 އަށް ގުޅުއްވައިގެން މާސްކު ގަނެވޭނެ ކަމަށެވެ. އަދި ހޯލްސޭލްކޮށް ވެސް ފިހާރައިން މާސްކު ލިބޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

އެމްވީ މޮޓޯސް ފިހާރަ ހުންނާނީ މާލެ، މައްޗަންގޯޅީ ހަސްލަތު، ދަނބުރުމަގު ގައެވެ. މާސްކު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފިހާރައިގެ ފޭސްބުކު ޕޭޖު ނުވަތަ އިންސްޓަގްރާމް ޕޭޖަށް މެސެޖު ކޮށްލައިގެން މާސްކު ލިބޭނެއެވެ. އަދި 9713132، 7777309 ނުވަތަ 9710703 ފޯނަށް ގުޅުއްވައިގެން ވެސް މާސްކު ގަނެލެވޭނެއެވެ.